ވިޔަފާރި / ޚަބަރު
އަޤީޤާ މޯލްޑިވްސް އިން ފޯރުކޮށްދެނީ އިސްލާމީ އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ އިތުބާރުހުރި ޚިދުމަތެއް

ްއަޤީޤާ މޯލްޑިވްސް
އިސްލާމްދީނަކީ ހުރިހާ ކަމެއްގައިވެސް ފުރިހަމަ ދީނެކެވެ. އެގޮތުން އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް އިސްލާމްދީނުގައި އަހަންމިއްޔަތުކަން ދީފައިވެއެވެ. އޭގެ ތެރޭގައި ޢަޤީޤާ، އުޟްޙިޔާ އަދި ޞަދަޤާތް ކުރުމުގެ މުހިންމުކަން ފާހަގަކޮށްލެވެއެވެ.
ޢަޤީޤާގެ މުހިންމުކަން:
ޢަޤީޤާއަކީ ކުއްޖަކު ދުނިޔެއަށް އުފަންވުމުން އެކުއްޖާގެ ފަރާތުން ކަތިލެވޭ ޖަނަވާރެވެ. މިކަމުގެ މުހިންމުކަން ހާމަވެގެންދަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅަކުންނެވެ: "ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ މައްޗަށް ޢަޤީޤާ ކަތިލަން ޖެހޭނެ ކުއްޖެކެވެ. އެކުއްޖާގެ އުމުރުން ހަތްދުވަސްވާ ދުވަހު ޢަޤީޤާ ކަތިލެވެއެވެ. އަދި ބޯ ބޭލުމަށްފަހު ނަންދެވެއެވެ". (އަބޫދާވޫދު: 2838)
އުޟްޙިޔާގެ މުހިންމުކަން:
އުޟްޙިޔާއަކީ ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން ކަތިލެވޭ ޖަނަވާރެވެ. މިއީ އިބްރާހީމް ޢަލައިހިއްސަލާމްގެ ސުންނަތެކެވެ. އުޟްޙިޔާގެ މުހިންމުކަން ބަޔާންކޮށްދެނީ ﷲ ތަޢާލާގެ މި ބަސްފުޅެވެ:
فَصَلِّ لِرَبِّكَ وَانْحَرْ
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!
(ސޫރަތުލް ކައުޘަރު: 2)
ޞަދަޤާތުގެ މުހިންމުކަން:
ޞަދަޤާތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދި ކުރެވޭ ހޭދައެވެ. މިއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَاءَ وَعْدُ الْآخِرَةِ لِيَسُوءُوا وُجُوهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا
ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ ނަފްސުތަކަށެވެ. ފަހެ، ދެވަނަފަހަރަށް ވަޢުދުފުޅު އައިހިނދު (ތިޔަބައިމީހުންގެ ޢަދާވަތްތެރިން ފޮނުއްވީމެވެ.) އެއުރެންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވުމަށްޓަކައެވެ. އަދި ފުރަތަމަ ފަހަރު އެއުރެން އެތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: އަލްމަސްޖިދުލް އަޤްޞާއަށް) ވަނުމަށްޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށްޓަކައެވެ.
(ސޫރަތުލް އިސްރާ: 7)
ޢަޤީޤާ، އުޟްޙިޔާ އަދި ޞަދަޤާތުގައި އެއްގޮތްވާއެއް ސިފައަކީ މިއީ ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ ކަންކަން ކަމުގައިވުމެވެ. މީގެ ސަބަބުން މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެ، މުޖުތަމަޢުގެ ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދެވެއެވެ.
2011 ވަނަ އަހަރުން ފެށިގެން، އަޤީޤާ މޯލްޑިވްސްއަކީ ޢާއިލާތަކަށް އަޤީޤާ، ޞަދަޤާތް އަދި އުޟްޙިއްޔާ (ޤުރުބާނީ) އިސްލާމީ ގޮތުން ފުރިހަމައަށް، ޞިއްޙީ ގޮތުން ރައްކާތެރި އަދި އިތުބާރުހުރި ގޮތެއްގައި އަތްފޯރާފަށުގައި ފޯރުކޮށްދެމުން އަންނަ ބައެކެވެ. ޢަޤީޤާ މޯލްޑިވްސްއިން އަންނަނީ ހާމަކަން ބޮޑު، ޞިއްޙީ ގޮތުން ރައްކާތެރި، އަދި އިސްލާމީ އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ އިތުބާރުހުރި ޚިދުމަތެއް ހެޔޮއަގެއްގައި އާންމުންނަށް ފޯރުކޮށްދެމުންނެވެ.
އަޤީޤާ ނުވަތަ ޞަދަޤާތް ކަމުގައި ވިޔަސް، އެއްދުވަސް ކުރިން ނަންނޯޓްކުރެއްވުމުން އެބޭފުޅަކު އެދިވަޑައިގަންނަވާ ތާރީޚެއްގައި ޖަނަވާރު ކަތިލައިދެއެވެ. އަދި ހަމަ އެދުވަހު ކަތިލުމާއި މަސް ޞަދަޤާތް ކުރުމުގެ ކަންކަމުގެ ފޮޓޯ އަދި ވީޑިއޯ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ފޯރުކޮށްދެއެވެ. މީގެއިތުރުން ކަތިލާއިރު ކުއްޖާގެ ނުވަތަ އެ ފަރާތެއްގެ ނަން ޖެހުމުގެ އިޚްތިޔާރުވެސް ދެއެވެ. ކޮންމެ ބޭފުޅަކަށްވެސް އަމިއްލަވަންތަ އަދި މާނަހުރި ގޮތަކަށް މިކަންކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދެއެވެ.
ޢީދުލް އަޟްޙާގައި އުޟްޙިއްޔާ/ޤުރުބާނީ ކަތިލުމުގެ ޚިދުމަތްވެސް އަޤީޤާ މޯލްޑިވްސްއިން ފޯރުކޮށްދެއެވެ. ކުރިއާލާ ނަންނޯޓް ކުރައްވާ ޖާގަ ރިޒާވްކުރުމުގެ ފުރުޞަތުވެސް އޮވެއެވެ. މީގެއިތުރުން ކަތިލުމަށް ބޭނުންކުރެވޭ ބަކަރި، ކަންބަޅި އަދި ޖަމަލު ފަދަ ހުރިހާ ޖަނަވާރެއް ރަނގަޅަށް ގެންގުޅެވި، ޞިއްޙީ ގޮތުން ރައްކާތެރި، އަދި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް (ޙަލާލު ގޮތުގައި) ކަތިލުމަށް ޚާއްޞަ އަހަންމިޔަތުކަމެއްދެއެވެ.
ޤުރުބާނީ ކަތިލުމަށްފަހު ހުރިހާ މަހެއް މިމަސައްކަތްކުރާ ސަރަޙައްދުތަކުގައި އެންމެ ބޭނުންޖެހިފައިވާ ޢާއިލާތަކަށާއި ފަރުދުންނަށް ފޯރުކޮށްދޭކަން ކަށަވަރުކޮށްދެއެވެ.
ރޫޙާނީ ގޮތުން ފުރިހަމަ އަދި އިޖްތިމާޢީ ގޮތުން ފައިދާކުރާނެފަދަ ޚިދުމަތެއް ހޯއްދެވުމަށް އިތުބާރުހުރި ބަޔަކާއެކު އަޤީޤާގެކަންކަން ކުރުމަކީ މުހިންމުކަމެކެވެ. 14 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއެކު، އަދި މުޅި ރާއްޖޭގެ އެތަކެއް ޢާއިލާތަކުގެ އިތުބާރާއެކު، ޢަޤީޤާ މޯލްޑިވްސްއިން ދަނީ ސުންނަތްތައް އަދާކުރުން ފަސޭހަ، އަތްފޯރާފަށުގައި އަދި މާނަހުރި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ.
އަޤީޤާ މޯލްޑިވްސްގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
1. އަޤީޤާ: ދަރިފުޅު އުފަންވުމުން ކުރާ ޝުކުރުގެ ޤުރުބާނީ
2. ޞަދަޤާތް: ހެޔޮކަމެއްގެ ގޮތުގައި ނުވަތަ ފާފަ ފުއްސެވުމަށް އެދި ކުރާ ޤުރުބާނީ
3. އުޟްޙިއްޔާ: ޢީދުލް އަޟްޙާގައި ކުރާ ޤުރުބާނީ
މި ހުރިހާ ޚިދުމަތެއްވެސް ފޯރުކޮށްދެނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް، ޞިއްޙީ ގޮތުން ރައްކާތެރި މާޙައުލެއްގައި، އަދި ޖަނަވާރުތަކަށް އޯގާތެރިކަމާއެކުގައެވެ. މިފަސޭހަ ހިދުމަތާއިއެކު މި އަޅުކަންތައް ފަސޭހަކަމާއެކު އަދާކުރުމުގެ ފުރުޞަތު އަޅުގަނޑުމެނަށް ލިބެއެވެ. ޚިދުމަތް ބޭނުންކުރާ ކޮންމެ ފަރާތަކަށްވެސް އަޅުކަން ފުރިހަމައަށް އަދާކުރުމުގައި އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދެއެވެ.
އަޤީޤާ މޯލްޑިވްސްއިން ހިދުމަތް ހޯއްދެވުމަށް ތިރީގައިމިވާ ނަންބަރަށް ގުޅުއްވާ ، ނުވަތަ ވެބްސައިޓް މެދުވެރިކޮށްވެސް ބޭނުންވާ ހިދުމަތެއް އިޚްތިޔާރު ކޮށްލެވޭނެއެވެ. މީގެއިތުރުން އަޤީޤާ މޯލްޑިވްސްގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުންވެސް މައުލޫމާތު ސާފުކޮށްލެވޭނެއެވެ.
ފޯން : 7912934
ވެބްސައިޓް : https://aqeeqahmaldives.com/
އީމެއިލް : [email protected]
އިންސްޓަގްރާމް : aqeeqahmaldives