Ads by Aqeeqa Maldives

ޚަބަރު

ލޯބި މެސެޖަކުން މަންމައިންގެ ދުވަހުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

ލޯބި މެސެޖަކުން މަންމައިންގެ ދުވަހުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން ދެފިރިހެން ދަރިކަލުންނާއިއެކު. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2025، 01:42

11 މޭ 2025، 01:42

ލޯބި މެސެޖަކުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މަންމައިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. 

އެކަމަނާގެ މެސެޖުގައި ލިޔުއްވައިފައިވަނީ ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން ކަމަށެވެ.

އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވަން

މެޑަމް ސާޖިދާ ވިދާޅުވެފައިވެއެވެ.

މެޑަމް ސާޖިދާ އަށް މަންމަ ވިދާޅުވާ ތިން ބޭފުޅަކު އެބަތިއްބެވިއެވެ. އެއީ އެއް އަންހެން ބޭފުޅަކާއި ދެ ފިރިހެން ބޭފުޅެކެވެ.

11 މެއި އަކީ ކޮންމެ އަހަރަކުވެސް ފާހަގަކުރާ މަންމައިންގެ ދުވަހެވެ. މަންމައިންގެ ދުވަހަކީ މައިންނާއި އެމައިން މައިވަންތަކަމުގައި ވާ ގުރުބާނީ ތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS