Ads by Aqeeqa Maldives

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތެރިއެއް ކަމުގައިވާ ސަންލޭންޑް ނަޒީރު އަވަހާރަވެއްޖެ

ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތެރިއެއް ކަމުގައިވާ ސަންލޭންޑް ނަޒީރު އަވަހާރަވެއްޖެ

ސަންލޭންޑް ނަޒީރު---

farudhun logo

ފަރުދުން

11 މޭ 2025، 07:34

11 މޭ 2025، 07:34

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވެއްޖެއެވެ. 

ސަންލޭންޑު ނަޒީރު އަވަހާރަވީ، އާލާސްކަންފުޅަށް ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތުގައެވެ. ނަޒީރަކީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ޓްރޭޑް އެމްބެސެޑަރު ވެސް މެއެވެ. 

ނަޒީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެ މަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. 



ސަންލޭންޑް ހޮޓެލްސްގެ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެކްޓަރ ނަޒީރަކީ މާކެޓިންގެ ދާއިރާއިންވެސް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ފަރުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އޭނާގެ ޢާއިލީ ޓްރެވަލް އެޖެންސީއެއް "ސަންލޭންޑް" ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ވަނީ ފަށާފައެވެ.

ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS