ޚަބަރު
ސިފައިންގެ “ސިފަމާ ރަން 2025” ނިންމާލައިފި

ސިފަމާ ރަން 2025. ފޮޓޯ:އެމްއެންޑީއެފް
ސިފައިންގެ “ސިފަމާ ރަން 2025” ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.
މިދުވުމަކީ ސިފައިންގެ އާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމުގެ ގޮތުން ބޭއްވި ދުވުމެކެވެ.
މި ހަރަކާތަކީ ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ހަރަކާތުގައި 3 ކިލޯމީޓަރ އަދި 5 ކިލޯމީޓަރގެ ދުވުން ކުރިއަށް ދިޔައެވެ. އަދި މި ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިއަކަށް ވަނީ މެޑެލި ހަވާލުކޮށްފައެވެ.

ސިފަމާ ރަންގެ ތެރެއިން. ފޮޓޯ:އެމްއެންޑީއެފް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ މި އިވެންޓުގައި ކުޑަކުދިންނާއި ގުޅުންހުރި އިތުރު ގިނަ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޤިޔާޘް އާއި، ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ އާއިލާތަކުން ބައިވެރިވިއެވެ.