Ads by Aqeeqa Maldives

ޚަބަރު

“ކޮންމެ ކުއްޖަކަށް ޢާއިލާއެއް”ގެ ދަށުން 70 ކުއްޖަކު އާއިލާ ތަކުގެ ހިޔާވަހިކަމަށް ގެންދެވިއްޖެ

“ކޮންމެ ކުއްޖަކަށް ޢާއިލާއެއް”ގެ ދަށުން 70 ކުއްޖަކު އާއިލާ ތަކުގެ ހިޔާވަހިކަމަށް ގެންދެވިއްޖެ

ވަޒީރު ޢާއިޝަތު ޝިހާމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މޭ 2025، 03:18

10 މޭ 2025، 03:18

“ކޮންމެ ކުއްޖަކަށް ޢާއިލާއެއް” ޕްރޮގްރާމްގެ ދަށުން 70 ކުއްޖަކު އާއިލާ ތަކުގެ ހިޔާވަހިކަމަށް ގެންދެވިފައިވާ ކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

"ވަޒީރު ވިދާޅުވީ ”ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 70 އަށްވުރެ ގިނަ ކުދިންނަށް އާއިލީ ހިޔާވަހިކަމުގެ ދަށަށް ގެންދެވިފައިވާކަމަށެވެ.

 

 

 

ވަޒީރު މިހެން ވިދާޅުވީ  ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައެވެ.

 

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް ވަގުތީ ގޮތުން ކުދިން ފޮސްޓާކުރެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖެހިގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފޮސްޓަރިންގެ ތެރެއިންނާއި، ރީ-އިންޓަގްރޭޝަންގެ ތެރެއިން ދައުލަތުގެ ބެލެމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ ވެއްޓެއް ހޯދުމަށް ވުޒާރާއިން މަސައްކަތްކުރަމުން ގެންދާ އެންމެ ބޮޑު ސަބަބަކީ ކުދިންގެ ހެދިބޮޑުވުމާއި ކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެންމެ ރަނގަޅީ، އާއިލީ ގުޅުންތައް ތަޖުރިބާކުރެވޭނެ ރައްކާތެރި އާއިލީ ވެއްޓެއްގައި ކުދިން ހެދިބޮޑުވުންކަމަށް ވަޒީރު ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ އާއިލާތަކުގެ ހާލަތު ބަދަލުކޮށްގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ އާއިލާތަކަށް ގެންދިއުމާއި، ފޮސްޓަރިން ނިޒާމުގެ ތެރެއިން ކުދިންނަށް އާއިލާތައް ހޯދައިދިނުމަށް ކުރިއަށް ގެންދާ ވަރަށް ހާއްސަ މަސައްކަތެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS