Ads by Aqeeqa Maldives

ޚަބަރު

ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން، ކުށަށް އަރައިގަތުމުގެ ފަހަތުގައި އެކުދިން އުޅެންޖެހޭ މާޙައުލު ބޮޑު ދައުރެއް އަދާކުރޭ: މެޑަމް ސާޖިދާ

ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން، ކުށަށް އަރައިގަތުމުގެ ފަހަތުގައި އެކުދިން އުޅެންޖެހޭ މާޙައުލު ބޮޑު ދައުރެއް އަދާކުރޭ: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މޭ 2025، 01:23

10 މޭ 2025، 01:23

ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން، ކުށަށް އަރައިގަތުމުގެ ފަހަތުގައި އެކުދިން އުޅެންޖެހޭ މާހައުލު ބޮޑު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ވިދާޅުވީ ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން، ކުށަށް އަރައިގަތުމުގެ ފަހަތުގައި އެކުދިން އުޅެންޖެހޭ މާޙައުލު ބޮޑު ދައުރެއް އަދާކުރާކަމަށެވެ.ހަމައެއާއެކު މުޖުތަމަޢުގައި ވަކިގޮތަކަށް ލޭބަލްކޮށް ކުދިންނަކީ ކުށްވެރިންކަމުގެ އިޙްސާސްކޮށްދިނުމުން، ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ކުރިން ކުދިންގެ ފަރާތުން ފެންނަ ނޭދެވޭ އާދަތަކަކީ އެކުދިންނަށް ބުނެ ނުދެވުނުނަމަވެސް އެކަމުން ސަލާމަތްވުމަށް އެދި ކުރާ އާދޭހެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

 މީގއިތުރުން މުޖުތަމަޢުގެ ޤަބޫލުކުރުންތަކުގެ ސަބަބުން އެކުދިންނަކީ ހަރުކަށި އަނިޔާވެރި ބަޔަކަށްވުމުގެ ކުރިން އެކުދިންނަށް އެހީތެރިވާންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.އެހެންކަމުން ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފު ބޮޑެތި ކުށްތައް ކޮށްގެން އެކުދިންނާއި ކޯޓު ރޫމްތަކުން ބައްދަލުވުމުގެ ކުރިން އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށްވުމަށް މިއަދު އަވަސްވެގަންނަންޖެހޭކަމަށްވެސް އެކަމަނާވިދާޅުވިއެވެ.

 މެޑަމް ސާޖިދާ މުޙައްމަދުގެ ވާހަކަފުޅުގައިވަނީ މުޖުތަމަޢުގައި ނުރައްކަލަށް ހުށައެޅިފައިވާ ކުދިންގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކުޑަކުދިންގެ ތެރެއިން ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުއްޖާއާއި މަސްތުވާތަކެއްޗާއި ގޭންގު ކުށުގެ ނުރައްކަލަށް ހުށައެޅިގެންދާ ފަދަ ކުދިންނާއި ނިޒާމުގެ ތެރެއިން ކުޑައިރު ކުރިމަތިވީ އެކި ކަންކަމަށް އިންސާފު ނުލިބުމުގެ ސަބަބުން އަޅާލުމާއި އޯގާތެރިކަމުން މަޙުރޫމްވެ ނުރަނގަޅު މަގު އިޚްތިޔާރުކުރާ ކުދިން ކުރިމަތިލާ ޙާލަތްތަކާއި މެދު އެކަމަނާވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

އަދި ދައުލަތުގެ ބަޖެޓުން އަހަރަކަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އަހަރަކު ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކިގޮތުންކުރެވޭ މަސައްކަތްތަކަށް ހޭދަކުރަމުންދާއިރު އެއީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވޭކަމަކަށް ހަދަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެނިޒާމަކީ އަދަބު ދިނުމަށް އަވަސްވެގަތުމުގެ ބަދަލުގައި ކުށައަށް އަރައިގަތުމަށް މެދުވެރިވި ހާލަތްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމަކަށް ހެދުން މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS