ޚަބަރު
އެންމެންގެވެސް ޢަޒުމަކަށްވާންވާނީ ކޮންމެ ކުއްޖަކަށްވެސް އަމާން ރައްކާތެރި އުފާވެރި ވެށްޓެއް ހޯދައިދިނުން: ވަޒީރު ޝަފީޢު

ތައުލީމީ ވަޒީރު ޑރ އިސްމާއިލް ޝަފީއު.
އެންމެންގެވެސް ޢަޒުމަކަށް ވާންވާނީ ކޮންމެ ކުއްޖަކަށްވެސް އަމާން ރައްކާތެރި އުފާވެރި ވެށްޓެއް ހޯދައިދިނުން ކަމަށް ތަޢުލީމީ ވަޒީރު ޑރ އިސްމާއިލްމ ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަފީޢު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ވަޒީރު ޝަފީއުގެ މެސެޖުގައި ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރާއްޖެގެ ހުރިހާ ކުޑަކުދިންނަށް ފޮނުއްވައިފައެވެ. ވަޒީރުގެ މެސެޖުގައި ވިދާޅުވީ އެންމެންގެވެސް ޢަޒުމަކަށްވާންވާނީ ކޮންމެ ކުއްޖަކަށްވެސް އަމާން ރައްކާތެރި އުފާވެރި ވެށްޓެއް ހޯދައިދިނުންކަމަށެވެ. އަދި އެކަން ހާސިލްކުރެވޭނީ އެންމެން ގުޅިގެން ކުރެވޭ ބުރަ މަސައްކަތުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ ޝަފީއު ވިދާޅުވީ މިކަން ޙާސިލްކުރެވޭނީ ދިވެހިރާއްޖޭގެ ހުރިހާ މުދައްރިސުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި، ބެލެނިވެރީންނާއި، އަދި މިނިވަން މުއައްސަސާތަކުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެެވެ.
ކުޑަކުދިންނަށް އަމާން، ރައްކާތެރި ވެށްޓެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، އެކުދިންނަށް ހޯދައިދެވޭނީ އުފާވެރި މުސްތަޤްބަލެއްކަމަށާއި، ބިނާވާނީ ޤައުމައިގެން ކުރިއަށްދާނެ އޮށްޓަރު ހުރި ޖީލެއްކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެެގެވެސް މއެި މަހުގެ 10ވަނަ ދުވަހެވެ. މިއަަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" އެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގެ 5 ސަރަހައްދެއްގައި ކުޑަކުދިންގެ ހަވީރުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.