Ads by Aqeeqa Maldives

ޚަބަރު

ކުދިންނާއެކު ބެލެނިވެރިން ވަގުތު ހޭދަކުރުމަކީ، ކުދިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވާކަމެއް: ނިއުމާތު

ކުދިންނާއެކު ބެލެނިވެރިން ވަގުތު ހޭދަކުރުމަކީ، ކުދިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވާކަމެއް: ނިއުމާތު

ނިއުމާތު ޝަފީޤް. ފޮޓޯ: ޗިލްޑްރަންސް އޮމްބަޑްސްޕާސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މޭ 2025، 12:18

10 މޭ 2025، 12:18

ކުދިންނާއިއެކު ބެލެނިވެރިން ވަގުތު ހޭދަކުރުމަކީ، ކުދިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވާކަމެއް ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ވިދާޅުވެއްޖެއެވެ. 

ނިއުމާތު ޝަފީޤް މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެެވެ.

ނިއުމާތުގެ ޚިޠާބުގައި އޭނާ ވިދާޅުވީ ކުދިންނާއެކު ބެލެނިވެރިން ވަގުތު ހޭދަކުރުމަކީ، ކުދިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެ، ކުދިންގެ ހިތްތަކުގައި އުފާވެރިކަމާއި ރައްކާތެރިކަމުގެ އިހުސާސް އުފައްދައިދޭ ކަމެއް ކަމުގައެވެ. އަދި އެއީ އެކުދިންގެ ޝުޢޫރުތައް ހިއްސާކުރުމަށް ފަސޭހަވެ، ކުދިންގެ ޝަހުސިއްޔަތު ބިނާކުރުމަށް މަގުފަހިވެގެންދާ ކަމެއްކަމަށްވެސް ނިއުމާތު ވިދާޅުވިއެވެ.

މީގެއިތުރުން ނިއުމާތު ވިދާޅުވީ، ބެލެނިވެރިން ކުދިންނާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ ކުދިންނަށް އުފާވެރިކަމާ އެކުދިންގެ ތަރައްޤީއަށް މަގުފަހިވާނެފަދަ ވަގުތުތަކަށް ހެދުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި ކޮންމެ ކުއްޖަކީ ވެސް ހާއްސަ އަމިއްލަވަންތަކަމެއް ލިބިގެންވާ ކުއްޖެއްކަމާއި، ތަފާތު ކަންކަން ކުރާހިތްވާ، ތަފާތު ހުނަރުތަކެއް ލިބިގެންވާ ކުއްޖެއްކަން ފާހަގަކުރައްވާ ނިއުމާތު ވިދާޅުވީ، ކުދިންނަށް އަމިއްލައަށް ކުރެވޭނެ ކަންކަން ދެނެގަނެ، އަމިއްލަ އިސްނެގުމާއެކު ކަންކަން ކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" މި ޝިއާރެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS