Ads by Aqeeqa Maldives

ޚަބަރު

ވަޒީރުންގެ "އަހާ" ފޯރަމްގެ އެޕިސޯޑެއް މި މަހު 12 ގައި

ވަޒީރުންގެ "އަހާ" ފޯރަމްގެ އެޕިސޯޑެއް މި މަހު 12 ގައި

އަހާ ފޯރަމްގެ ފަސްވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން ---

farudhun logo

ފަރުދުން

09 މޭ 2025، 04:17

09 މޭ 2025، 04:17

ސީދާ ވަޒީރުންނާއި އެ ވަޒީރަކާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާ ގުޅިގެން ސުވާލުކުރުމުގެ ފުރުސަތު ލިބޭ "އަހާ" ޕަބްލިކް ފޯރަމްގެ 5 ވަނަ އެޕިސޯޑު މި މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. މިއީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި ފޯރަމް އޮންނާނީ މިމަހުގެ 12 ވާ ހޯމަ ދުވަހުގެ ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގައެވެ.

މި ފަހަރުގެ ފޯރަމްގައި ވެސް 5 ވަޒީރަކު ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. 

މި މަހުގެ 12 ވަނަ ދުވަހު އޮންނަ "އަހާ" ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:

  • ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
  • ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
  • މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
  • ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
  • ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ

މި ޕްރޮގްރާމުގައި ރައްޔިތުން ކުރައްވާ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ މި ފޯރަމްގެ އެހެން އެޕިސޯޑުތައް ވެސް ބާއްވަމުން އައިސްފައިވާ ގޮތެވެ. 

މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރެވޭނެއެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS