ޚަބަރު
ފުލުހުންގެ ގިނަ ވެރިންތަކެއް ބަދަލުކޮށްފި

ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާ، ފޮޓޯ: ރައީސް އޮފީސް
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުގައި މަސައްކަތްކުރަމުން ދިޔަ ނުވަ ވެރިއަކު ބަދަލުކޮށްފިއެވެ. އެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، 9 ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އައު އޮފިސަރުން ކަނޑައަޅާފައިވަނީ މިއަދުއެވެ.
މި ބަދަލުތައް ގެނަސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް އާއި ޑްރަގް އެންފޯސްމަންޓާއި ގޭންގް ކްރައިމް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އާއި ތިލަމާލެ ޕޮލިސް އާއި ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރީ ހިމެނެއެވެ.
ފުލުހުންގެ ހިންގުމަށް މިއަދު ގެނައި ބަދަލުތަކާ ގުޅިގެން، އެ މަޤާމުތަކަށް އަލަށް އައްޔަންކުރި އޮފިސަރުން:
- ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު
- ހެޑް އޮފް ޑްރަގް އެންފޯސްމަންޓް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް
- ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަން - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޞަބާޙް
- ހެޑް އޮފް ކައުންޓަރ ނާކޮޓީކްސް އޮޕަރޭޝަންސް - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙު މުޙައްމަދު
- ހެޑް އޮފް ތިލަމާލެ ޕޮލިސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު
- ހެޑް އޮފް ޓްރެފިކް ޕޮލިސް - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން
- ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤު އާދަމްފުޅު
- ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވޮލަޕްމަންޓް - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަހީމް
- ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުތަކަކީ އެ މުވައްސަސާގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ގެނެވުނު ބަދަލުތަކެކެވެ.