Ads by Aqeeqa Maldives

ޚަބަރު

ސަމާލުވޭ! އިމުގާ ގެ ނަމުގައި ފޭކު ވެބްސައިޓްތަކެއް

ސަމާލުވޭ! އިމުގާ ގެ ނަމުގައި ފޭކު ވެބްސައިޓްތަކެއް

ސްކޭމް ހިންގާތީ އެކަން އަންގައިދޭން ހަދައިފައިވާ ޕޯސްޓެއް---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މޭ 2025، 07:20

08 މޭ 2025، 07:20

މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް އިމުގާގެ ނަމުގައި ފޭކު ވެބްސައިޓްތަކެއް ހިންގަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އިމިގްރޭޝަނުން ދެމުން އަންނަ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދެމުން އަންނަނީ އިމުގާ މެދުވެރިކޮށެވެ. އެގޮތުން ދިވެހި ޕާސްޕޯޓާއި، ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާތަކަށް އެދި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅެއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ފޭކް އިމުގާ ވެބްސައިޓްތަކެއް ދައުރުވާތީ ސަމާލުވުމަށް އެދޭ ކަމަށެވެ.

ފޭކް ނޫނީ ތާޑް ޕާޓީ ވެބްސައިޓްތައް ބޭނުން ނުކުރުމަށް އެދެން، ޓްރެވެލް ޑިކްލަރޭޝަން ފޯމަކީ ހިލޭ ލިބޭ ފޯމެއްކަންވެސް އަންގަން.

އިމިގްރޭޝަނުން ބުނެއެވެ.

އޮންލައިންކޮށް ތަފާތު ގޮތްގޮތައް ސްކޭމްތައް ރާއްޖޭގައި އަންނަނީ ހިންމަގުންނެވެ. ފުލުހުންނާއި ކަމާއި ގުޅޭ އެހެން އިދާރާތަކުން މިފަދަ ކަންކަމަަށް ސަމާލުވުމަށް އަބަދުވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS