Ads by Aqeeqa Maldives

ޚަބަރު

ތ. ގުރައިދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް

ތ. ގުރައިދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް

ތ. ގުރައިދޫގައި ބިންހިއްކުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 މޭ 2025، 10:44

07 މޭ 2025، 10:44

ތ. ގުރައިދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީއިން ބުނެފިއެވެ. 

އެމްޓީސީސީއިން ބުނެފައިވަނީ މި މަސައްކަތުގެ %36 ނިމިފައިވާކަމަށެވެ. 

އެމްޓީސީސީއިން ބުނެފައިވަނީ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ސޭންޑްބަންޑް ވޯލްގެ %36 މަސައްކަތް ނިމިފައިވާއިރު، ޕްރޮޖެކްޓް ސައިޓްގައި ޖިއޯބޭގް ފިލްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ގުރައިދޫއަކީ އާބާދީގައި 2،272 މީހުން ހިމެނޭ ރަށެކެވެ. އަތޮޅުގެ ނިސްބަތުން ބަލާއިރު ގުރައިދޫއަކީ ތަރައްޤީގެ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށް ޒިޔާރަތް ކުރަމުން އަންނަވެސް ރަށެކެވެ. 

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ ސަބަބުން 378،350 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 979 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރެވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަށް 106 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 300 ދުވަސް ތެރޭގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS