Ads by Aqeeqa Maldives

ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ފ. އަތޮޅުން ފުވައްމުލަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ފ. އަތޮޅުން ފުވައްމުލަކަށް ހުދު ސަމާލު ނެރެފި

މާލެއަށް ވިއްސާރަކުރި ދުވަހެއްގައި. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 މޭ 2025، 07:01

07 މޭ 2025، 07:01

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފ. އަތޮޅުން ފުވައްމުލަކަށް ހުދު ސަމާލުނެރެފިއެވެ. 

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މިރޭގެ 18:30 އިން 00:30 އަށް ފ.އަތޮޅުން ފުވައްމުލަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާކުރެވޭކަމަށެވެ.


މިއަދު ހއ. އަތޮޅުން ފ. އަތޮޅަށް ވެސް ހުދު ސަމާލު ނެރެފައިވެއެވެ. މެންދުރު 11:30ން ހަވީރު 17:00 އަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

މިމަހުގެ 5ވަނަ ދުވަހު މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS