Ads by Aqeeqa Maldives

ޚަބަރު

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މާލެ ސަރަހައްދުގެ 5 ތަނެއްގައި ކުޑަކުދިންގެ ހަވީރު ބާއްވަނީ

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މާލެ ސަރަހައްދުގެ 5 ތަނެއްގައި ކުޑަކުދިންގެ ހަވީރު ބާއްވަނީ

މާލޭގައި ބޭއްވުނު ކުޑަކުދިންގެ ހަވީރެއް. ފޮޓޯ:ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 މޭ 2025، 03:35

07 މޭ 2025، 03:35

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މާލެ ސަރަހައްދުގެ 5 ތަނެއްގައި ކުޑަކުދިންގެ ހަވީރު ބާއްވާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުުރުމާއި ބެހެ ގޮތުން ތަޢުލީމީ ވުޒާރާއިން ބުނެފައިވަނީ މިހިނގާ މެއި މަހުގެ 10 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ދުވަސް ކަމަށެވެ. އެދުވަސް ފާހަގަ ކުރުމަށްޓަކައި އެވުޒާރާއާއި ސްކޫލްތައް ގުޅިގެން ދަނީ ގިނަގުނު ތައްޔާރީތަކެއް ވަމުންދާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ޚާއްސަ ކުޑަކުދިންގެ ހަވީރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

އެގޮތުން ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ތަންްތަނަކީ:-

  • ހެންވޭރު ދަނޑު
  • ރަސްފަންނު
  • ސެންޓްރަލް ޕާކު
  • ވިލިމާލެ
  • ޖުމްހޫރީ މައިދާން އަދި ސަލްޓަން ޕާކު 

ތަޢުލީމީ ވުޒާރާއިން ބުނެފައިވަނީ، މިހަވީރުތައް ކުރިއަށްދާނީ ކުޑަކުދިންނާއި ގުޅޭ ޝައުޤުވެރި ތަޢުލީމީ ޙަރަކާތްތަކާއި، މަޖަ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމަނައިގެން ކަމަށެވެ.

އެހެންކަމުން މި ކުޑަކުދިންގެ ހަވީރުތަކުގައި ބައިވެރިވެ ޢާއިލާތަކާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށްވެސް އެވުޒާާރާއިން ވަނީ އަރުވައިފައެވެ.

ރާއްޖެގެ ހުރިހާ ސްކޫލްތަކެއްގައިވެސް ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި އޭގެ ތެރޭގައި ސްކޫލްތަކުން ބާއްވާ ޚާއްސަ އެސަމްބްލީ ތަކާއި އެހެނިހެން ހަރަކާތްތައް ހިމެނޭކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. 

މީގެއިތުން މިހަރަކާތްތަކުގެ ތެރެއިން ކުޑަކުދީންނަށް އެކުދިންގެ ހައްޤުތަކާ ގުޅޭ މަޢުލޫމާތުދީ، އެކުދިންނާއި މެދު ޤައުމުގެ ތަޞައްވުރު ކިޔައިދެވިގެންދާނެ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން ބުނެއެވެ. ހަމަމިއާއިއެކު ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ރޭވިގެން ދާނީ ކްލާސްރޫމްގެ ކިޔަވައިދޭ ގަޑިތައް ނުގެއްލޭގޮތައްކަން ސްކޫލްތަކުން ކަށަވަރުކުރާނެ ކަމަށް އެވުޒާރާއިން ބުނެއެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by MSS