Ads by Aqeeqa Maldives

ޚަބަރު

ފަތުރުވެރިކަމުގެ ސިނާޢަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކާ ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލަންޖެހޭ: ޝާމިލް

ފަތުރުވެރިކަމުގެ ސިނާޢަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކާ ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލަންޖެހޭ: ޝާމިލް

ނައިބު ރައީސް ހުސެއިން އަދި ޝާމިލް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 މޭ 2025، 04:36

06 މޭ 2025، 04:36

ހުލާސާ


ފަތުރުވެރިކަމުގެ ސިނާޢަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކާ ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލަން ޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވެއްެޖެއެވެ.

ޝާމިލް މިހެން ވިދާޅުވީ  އޯއައިސީގެ ޤައުމުތަކަށް އަމާޒުކޮށްގެން ވިލާ ނޯޓިކާގައި ބާއްވާ "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިފޯރަމްގެ ތީމެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ނުވަތަ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ މި ފޯރަމަކީ ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ބާރެއްކަމަށެވެ. މި ފަހަރުގެ މި ފޯރަމް ފަތުރުވެރިކަމުގެ ސިނާޢަތަށް އަމާޒުކޮށްފައިވާއިރު، މި ސިނާޢަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކާ ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލަންޖެހޭކަމަށް ޝާމިލް ވިދާޅުވިއެވެ.

މިއީ އިޤްތިޞާދުގެ ދުޅަހެޔޮކަމާވެސް ގުޅިފައިވާ މުހިންމު ސިނާޢަތެއްކަމުން، ކޮރަޕްޝަނަށް ހުރި ހިރާސްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ނަތީޖާ ނެރެވޭނެ ފަދަ ފިޔަވަޅުތަކެއް ހުރިހާ މަސްއޫލުވެރިން ގުޅިގެން އަޅަންޖެހޭކަމަށާއި، މިކަމުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން އޭސީސީގެ ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި ފޯރަމްގައި ކަމާގުޅުންހުރި އިދާރާތަކާއި ވުޒާރާތައް އެއްތަންވެ، މުހިންމު އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވޭނެކަމަށް އުއްމީދުކުރާކަމަށް އޭސީސީގެ ރައީސް ޝާމިލް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ ޚާއްސަ ފޯރަމެކެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS