Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލޭގައި ގެއްލިގެން ހޯދުމަން ދިޔަ އަންހެން ކުއްޖާ ފެނިއްޖެ: ފުލުހުން

ހުޅުމާލޭގައި ގެއްލިގެން ހޯދުމަން ދިޔަ އަންހެން ކުއްޖާ ފެނިއްޖެ: ފުލުހުން

ހުޅުމާލެ ފޭސް 2/ފޮޓޯ: އެޑިޝަން އެމްވީ

06 މޭ 2025، 01:36

ހުޅުމާލޭގައި ގެއްލިގެން ހޯދުމަން ދިޔަ އަންހެން ކުއްޖާ މިހާރު ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ވަނީ މިއަދު މެންދުރު 12:18 ހާއިރު ހުޅުމާލެ ފޭސް 1 އިން ފެނިފައި ކަމަށެވެ. އަދި އެ ކުއްޖާގެ ޙާލު ރަނގަޅުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހަމަ މިއާއެކު، މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ މިހާރު ބަލަމުންކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

ހިޔާޓަވަރު 8 އިން ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު އެވެ. އަދި އެ ވަޤުތުން ފެށިގެން  ދިވެހި ފުލުހުންގެ ހިދުމަތާއި، ތަޢުލީމީ ވުޒާރާއާއި، ސްކޫލުން ވަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS