ޚަބަރު
ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ހުޅުމާލެ ފޭސް 2 ގުޅުވައިދޭ ހިސާބު/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަނެހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާ ކަމަށެވެ. އަދި އެކުއްޖާ ގެއްލިގެން ހޯދުމަށް ހުށައަޅާފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުކަމަށް ފުލުހުން ވަނީ ވިިދާޅުވެފައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވިީ، ހިޔާޓަވަރު 8 އިން ނިކުމެގެން ދިޔަ މި ކުއްޖާ ސްކޫލަށް ވަދެފައި ނުވާކަން މިހާތަނަށް ބެލި ބެލުމުން ކަށަވަރުވެފައިވާ ކަމަށެވެ. އަދި މި ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ، ދިވެހި ފުލުހުންގެ ހިދުމަތާއި، ތަޢުލީމީ ވުޒާރާއާއި، ސްކޫލުން ގުޅިގެން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.