ޚަބަރު
މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަަމަލާދީފި

ފުލުހުންގެ ވެހިކަލެއް. ފޮޓޯ: ފުލުހުން
މިރޭ މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެެވެ.
ފުލުހުން ބުނެފައިވަނީ މިރޭ 20:35 ހާއިރު މާލޭ ސަބުދެލިމަގު ޗާންދަލިއަރ ކައިރީގައި ހުރި 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި ކަމުގެ ރިޕޯޓު އެ ޚިދުމަތަށް ލިބިފައިވާ ކަމަށެވެ.
އަދި ޒަޚަމްވި މީހާއަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމަކަށް އަދި ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށެވެ.