Ads by Aqeeqa Maldives

ޚަބަރު

މިދިޔަމަހު ވޭޕާއި ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 192،500ރ އަށް

މިދިޔަމަހު ވޭޕާއި ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 192،500ރ އަށް

ފުލުހުންގެ ހެޑް ކުއަރޓާސް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 މޭ 2025، 04:57

05 މޭ 2025، 04:57

މިފާއިތުވި އޭޕްރީލް މަހު ވޭޕާއި ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 192،500 ރުފިޔާއަށް އަރާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފާއިތުވި އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 30 ގެ ނިޔަލަށް ވޭޕް އާއި ގުޅޭ އެކި މައްސަލަތަކުގައި ޖުމްލަ 39 މީހުން 192،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވެއެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ވޭޕްއާއި ގުޅޭ މައްސަލަތަކުގައި ގިނަ ބަޔަކު ޖޫރިމަނާކޮށްފައިވެއެވެ. އެގޮތުން މާޗް މަހު 27 މީހުން ޖުމްލަ 123،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީޤުކުރައްވައިފައެވެ.

 

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS