Ads by Aqeeqa Maldives

ޚަބަރު

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ

މާލެއަށް ވިއްސާރަކުރި ދުވަހެއްގައި. ފޮޓޯ:ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 މޭ 2025، 04:18

05 މޭ 2025، 04:18

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެއިދާރާއިން ބުނެފައިވަނީ މިދުވަސްވަރު އިރުވައި މޫސުން ނިމި ހުޅަނގުމޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން ވޭތުވެދިޔަ 24 ގަޑިއިރު ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

ހަމަމިއާއިއެކު ކުރިއަށްއޮތް ތިން ދުވަހު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރެވޭ ކަމަށް ބެލެވޭއިރު ބައެއް ރަށްރަށަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެއިދާރާއިން ބުނެއެވެ. އަދި ބައެއް ހިސާބުތަކުގައި އާންމުވައި ގަދަވުމާއިއެކި ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރާ ކަމަަށްވެސް ބުނެފައިވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވިފައިވާތީ މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS