Ads by Aqeeqa Maldives

ޚަބަރު

އެމްއައިއެފްސީ މަޝްރޫޢުއަށް ޤާސިމް އިބްރާހީމް ތަޢުރީފްކުރައްވައިފި

އެމްއައިއެފްސީ މަޝްރޫޢުއަށް ޤާސިމް އިބްރާހީމް ތަޢުރީފްކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ އަދި ޤާސިމް އިބްރާހީމް ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 10:26

05 މޭ 2025، 10:26

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލް ސެންޓަރު (އެމްއައިއެފްސީ) ޤާއިމްކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނުވާނެ އުންމީދީ މަޝްރޫޢެއްކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތަޢުރީފްކުރައްވައިފިއެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން މި މަޝްރޫޢު ޤާއިމްކުރުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލުމަށް އެޅިގެންދިޔަ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.

މި މަޝްރޫޢަކީ ތަފާތު އީޖާދުތަކާއި ފުރުޞަތުތައް ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް ފަހިކޮށްދޭނެ ކަމެއް. މިއީ ރާއްޖެއަށް މާލީ އަދި އިޤްތިޞާދީ ދާއިރާއިންވެސް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއް ޤާސިމް އިބްރާހީމް 

ޤާސިމް އިބްރާހީމް

އެމްއައިއެފްސީ މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވައި، ޤާސިމް އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި މަސައްކަތަށް ހުރިހާ ސިޔާސީ ލީޑަރުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.



އިޤްތިޞާދީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މި މަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމަށް އިންޤިލާބެއް ގެނުވާނެ މަޝްރޫޢެކެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS