ވިޔަފާރި / ޚަބަރު

ގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން ދިވެހި ސަރުކާރުން ހަދާ މާލީ ސެންޓަރުން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކޮށްފި

ގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން ދިވެހި ސަރުކާރުން ހަދާ މާލީ ސެންޓަރުން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކޮށްފި

ގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން ދިވެހި ސަރުކާރުން ހަދާ މާލީ ސެންޓަރު

04 މޭ 2025، 11:55

ގަތަރުގެ ޝާހީ އާއިލާއާ ގުޅިގެން ދިވެހި ސަރުކާރުން ހަދާ މާލީ ސެންޓަރާއެކު ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެކަމަށް އަންދާޒާކޮށްފިއެވެ. 

ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައި އޮތް ޙާއްސާ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ޝެއިހް ނާއިފް ބިން އީދު އަލް ތާނީގެ އިތުރުން ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި އިންޑިއާގެ ބައެއް ބޮޑެތި ވިޔަފާރިތައް ވަނީ މި މަޝްރޫއުގައި ބައިވެރިވާނެކަމުގެ ރަސްމީ ލިޔުން ރައީސް މުއިއްޒާ ހަވާލުކުރައްވައިފައެވެ.

އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމްކުރަން ނިންމާފައިވަނީ 6،500އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބަލައިގެންނެވެ. 

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުނިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން ހަދާ ސެންޓަރުގައި ތިރީގައިވާ ތަންތަން ހިމެނޭނެއެވެ. 

  •   3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް؛ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ
  • ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު 
  • މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް
  • ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
  • މަތީ ފަންތީގެ ފިހާރަތައް
  •  އޯޝަނޮގްރަފިކް މިއުޒިއަމެއް
  • ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
  • ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
  • މިސްކިތެއް
  • ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
     

މި ސެންޓަރުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކާކަށް ނުޖެހެއެވެ. މީގެ އިތުރުން، ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ޑިޖިޓަލް އެސެޓްތަކާއި ތިމާވެއްޓާ ރަށްޓެހި ގޮތްގޮތުން ފައިސާ ހޯދުމުގެ މަގުތައް ވެސް ފަހިކުރާނެ ކަމަށް އެމްއައިއެފްސީން ބުންޏެވެ.

"މިކަމުގެ ސަބަބުން އެމްއައިއެފްސީ އަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މަންޒިލަކަށް ވެގެންދާނެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

މި މަޝްރޫއު ފަރުމާކޮށްފައިވަނީ، ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓާ ޕްލޭނުން ފެށިގެން ވަކިވަކި އިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS