Ads by Aqeeqa Maldives

ޚަބަރު

މި އަހަރު ނިމޭއިރު މުޅި ވާދޫ ސައްތަ އިން ސައްތަ އިއާދަކުރަނިވި ހަކަތައަށް

މި އަހަރު ނިމޭއިރު މުޅި ވާދޫ ސައްތަ އިން ސައްތަ އިއާދަކުރަނިވި ހަކަތައަށް

ރ. ވާދޫ، ފޮޓޯ: ވާދޫ ޓުއާރސް

04 މޭ 2025، 08:46

މި އަހަރު ނިމޭއިރު ރ އަތޮޅު ވާދޫ މުޅިން އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ނިންމައިފިއެވެ. 

2028 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރުވަނިވި ހަކަތައަށް ބަދަލު ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒުގެ ތެރެއިން، ވާދޫގެ މަޝްރޫޢަކީ ޕައިލެޓް ޕްރޮޖެކްޓެކެވެ. 

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވާދޫއަކީ 100 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ބަދަލު ކުރުމަކީ ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އެ މަޝްރޫއު އެންމެ ފުރަތަމަ ރައީސް އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ މަހު ވާދުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ވިދާޅުވީ، ވާދޫގައި އިޖާދީ ވިސްނުން ހުރި ރައްޔިތަކު ދިރިއުޅޭ ކަމަށާއި، އެ ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ޕައިލެޓް ޕްރޮޖެކްޓު ކުރިޔަށް ގެންދިއުމަށް ނިންމީ ވެސް އެހެންވެގެން ކަމަށެވެ. 

އަޅުގަނޑުމެން ނިންމީ އެ ރަށް މޮޑެލް ރަށެއްގެ ގޮތުގައި ކަނޑައަޅައި، މި އަހަރު ނިމެން ވާއިރަށް އެ ރަށުގެ ހުރިހާ ކަމަކަށް ސޯލާ ޕަވާ ބޭނުންކުރާ ގޮތަށް ހެދުން.  

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިއާދަކުރުވުނަިވި ހަކަތައިގެ ބޮޑު ޕްރޮޖެކްޓެއް މާލޭ ސަރަޙައްދުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މާލެ އަތޮޅު ފަޅެއްގައި ހިންގަން ނިންމާފައިވާ "ފްލޯޓިން ސޯލާ" މި ޕްރޮޖެކްޓުގެ ދަށުން 100-150 މެގަވޮޓްގެ ހަތަކަ އިރުގެ އަލިން އުފައްދާނެއެވެ. އެ ޕްރޮޖެކްޓް ހިންގައިދޭނެ ބަޔަކު ހޯދަން ސަރުކާރުން މިދިޔަ މާޗު މަހު ވަނީ އިއުލާންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS