Ads by Aqeeqa Maldives

ޚަބަރު

ވިލިމާލެ ފެރީ ޓާމިނަލް ބޭނުން ކުރައްވާ ރައްޔިތުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގައިފި

ވިލިމާލެ ފެރީ ޓާމިނަލް ބޭނުން ކުރައްވާ ރައްޔިތުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގައިފި

ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދު. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 މޭ 2025، 08:45

04 މޭ 2025، 08:45

ވިލިމާލެ ފެރީ ޓާމިނަލް ބޭނުން ކުރައްވާ ރައްޔިތުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގައިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ބޭނުން ކުރައްވާ ރައްޔިތުންނަށް ދަތިވާ ގޮތަށް، ޤަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ނަގައިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު އަލުން އިންތިޒާމުކުރެވި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

ގިނަ ބަޔަކު ބޭނުންކުރާ މި ފަދަ ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކު ނުކުރެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ، މުޅި މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މުހިންމު ކަމެއް ކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. 

ޕާކު ކުރުން މަނާ ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ދާދި ފަހުންވެސް ފުލުހުން ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS