Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލޭގައި މަސްތުގެ ޙާލަތުގައި ހުރެ ކާރެއް ދުއްވިމީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި މަސްތުގެ ޙާލަތުގައި ހުރެ ކާރެއް ދުއްވިމީހަކު ހައްޔަރުކޮށްފި

މައްސަލާގައި ހައްޔަރުކޮށްފައިވާ މާއިސް. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 މޭ 2025، 04:09

04 މޭ 2025، 04:09

ހުޅުމާލޭގައި މަސްތުގެ ޙާލަތުގައި ހުރެ ކާރެއް ދުއްވިމީހަކު ހައްޔަރުކޮށްފިއެވެ. 

ނުރައްކާތެރިކޮށް ކާރުދުއްވުމުގެ ސަބަބުން ހައްޔަރުކޮށްފައިވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ކާރު ދުއްވި ހމ. ފްލެޓްނަންބަރު 07-1-4 / މާލެ، މުޙައްމަދު މާއިސް (23އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވިގެން، ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައިވާކަމަށެވެ.

މި މައުލޫމާތާ ގުޅިގެން ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން މި ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

 އަދި، މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަންޕަރުތަކަށްވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުން ގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިގޮތަށް ދުއްވަމުންގޮސް ކާރު މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށެވެ. އަދި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅެފައިވާކަމަށް ފުލުހުން ބެނެފައިވެއެވެ.

ކާރު ހުއްޓުވިއިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތްކަމަށާއި، ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިންކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުންވެސް ކާރަށް އިތުރު ގެއްލުންވެސް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.މި މައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު މާއިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މާއިސް ދުއްވި ކާރު ޓޯކޮށް ފުލުހުން ދަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by MSS