Ads by Aqeeqa Maldives

ޚަބަރު

ޑިޒާސްޓަރ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށައިފި

ޑިޒާސްޓަރ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށައިފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދާޚިލީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 މޭ 2025، 03:57

04 މޭ 2025، 03:57

ޑިޖިޓަލް ނިޒާމެއްގައި ސަރުކާރު ހިންގަމުން އަންނައިރު ދިމާވާ ހާލަތެއްގައި ޚިދުމަތްތައް އިއާދަކުރުމާއި، ސަރުކާރުގެ ޚިދުމަތްތައް ހުއްޓުނަނުދިނުމަށްބޭނުންވާ ޑިޒާސްޓަރ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތަކީ ޑިޖިޓަލް ސަރުކާރެއް އޮޕަރޭޓްކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިން ޤާއިމްކޮށްފައިވާ މުވާސަލާތީ އިންފްރަސްޓްރަކްޗަރތަކުގެ މައްޗަށް ސަރުކާރުގެ އޮފީސްތައް ބަރޯސާވެފައިވާއިރު، އިންސާނުންގެ އަމަލުތަކުން ނުވަތަ ދިމާވާ ޤުދްރަތީ ޚާދިސާއެއްގެ ސަބަބުން އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ޚިދުމަތްތައް އިއާދަކުރުމާއި، ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޛީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ފަށައިފައިވާ މަސައްކަތެކެވެ.

މި މަސައްކަތް ފަށާފައިވަނީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެވުޒާރާއިން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫއިންނެވެ.

އެން.ސީ.އައި.ޓީ އަށް ބޭނުންވާ ޑިޒާސްޓަރ ރިކަވަރީ އެންޑް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއްކަމަށްވާ "ކޭ.ބީ.އެސް.އެލް އިންފޮމޭޝަން ޓެކްނޯލޮޖީޒް ލިމިޓެޑް" އާއި އެކުގައެވެ. ކޭ.ބީ.އެސް.އެލް އަކީ 1987 އިން ފެށިގެން އިންފޮމޭޝަން ޓެކްނޯލޮޖީދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސްރީލަންކާގެ ކުންފުންޏެކެވެ.

މި އެއްބަސްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ސޮއިކުރީ އެން.ސީ.އައި.ޓީގެ އިސްވެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ޑޮކްޓަރ މުޙައްމަދު ކިނާނަތެވެ. އަދި ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަރނޭޝަނަލް ބިޒްނަސް، މރ. ކްރިޝާން ޕެރޭރާއެވެ.

މި މަސައްކަތް އެފަރާތާއި ހަވާލުކޮށްފައިވަނީ 45,525/- އެމެރިކާ ޑޮލަރަށެވެ. އަދި މަސައްކަތް ނިންމަން ދެވިފައިވަނީ 4 މަސްދުވަހެވެ. މިގޮތުން އެ ކުންފުނިން ތައްޔާރުކުރާ ޕްލޭންއަކީ ބައިނަލްއަޤްވާމީ ސްޓޭންޑަރޑް ތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށްވާންޖެހެއެވެ. މި ޕްލޭން އެކުލަވާލާއިރު 22 އަހަރުވެފައިވާ މި އިންފްރަސްޓްރަކްޗަރގެ މިވަގުތުގެ ހާލަތާއި، ޤުދްރަތީ ކާރިސާތަކާއި، ސައިބަރ ހަމަލާތަކާއި، ކަންރަންޓް ދިއުމާއި އަލިފާނުގެ ހާދިސާތަކާއި ގުޅޭ ރިސްކް އެސެސްމަންޓްތައް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ ޕްލޭނެއް ތަންފީޛް ކުރުމާއި ގުޅޭގޮތުން މުވައްޒަފުންގެ ހުންނަންޖެހޭ ހުނަރާއި އިންސާނީވަސީލަތް ތަރައްޤީކުރަން ބޭނުންވާނެ ތަމްރީނުތައްވެސް ކަނޑައެޅިގެންދާނެއެވެ. އަދި މިފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބިގެންދާނެއެވެ.

ސަރުކާރުގެ އެކި އިދާރާތަކުން އޮންލައިންކޮށް ފޯރުކޮށްދެމުންދާއިރު، މި މަސައްކަތުގެ އެންމެ އިސްދައުރެއް އަދާކުރަމުންދާ އެންމެ މުހިންމު އިދާރާއަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އެވެ. މިގޮތުން އެން.ސީ.އައި.ޓީ އިން އޮޕަރޭޓްކުރާ ނޭޝަނަލް ޑޭޓާ ސެންޓަރ (އެން.ޑީ.ސީ) ގައި ގިނަ އިދާރާތަކެއްގެ އެޕްލިކޭޝަންތައް ހޯސްޓްކޮށްދިނުމުގެ އިތުރުން އެ އިދާރާއިން ބަލަހައްޓާ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެން.ސީ.އެން) މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ އެހެނިހެން މުވައްސަސާތަކުން ހިންގަމުންދާ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައްވެސް ވަނީ ގުޅާލެވިފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS