ޚަބަރު
ކާނިވާ ސަރަހައްދު ހިމެނޭހެން ހަތަރު ސަރަހައްދެއް މާލޭގައި އެއްވެއުޅެވޭނެ ތަންތަނުގެ ގޮތުގައި ހަމަޖައްސައިފި

ކާނިވާ ސަރަހައްދު. ފޮޓޯ: މިހާރު
ކާނިވާ ސަރަހައްދު ހިމެނޭހެން ހަތަރު ސަރަހައްދެއް މާލޭގައި އެއްވެއުޅެވެނެ ތަންތަނުގެ ގޮތުގައި ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ މާލޭގެ އެންމެ ސަރަހައްދެއްކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، އިސްވެ ދެންނެވެނު މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި ތިރީގައި މިދަންނަވާ ތަންތަން ކަނޑައަޅާ އިޢުލާނު ކުރާކަމަށެވެ.
އެގޮތުން ހެންވޭރު ކާނިވާ ސަރަހައްދު، ރަސްފަންނު ސަރަހައްދު، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އަދި އުސްފަސްގަނޑު ސަރަހައްދު ވަނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމަށް ކަނޑައަޅައިފައެވެ.