Ads by Aqeeqa Maldives

ޚަބަރު

އޭޕްރީލް މަހު އެންމެ ގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތައް

އޭޕްރީލް މަހު އެންމެ ގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތައް

ފުލުސް އޮފިސަރެއް މަގުމަތި ބަލައްހައްޓަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 މޭ 2025، 04:52

01 މޭ 2025، 04:52

އޭޕްރީލް މަހު ފުލުހުންނަށް އެންމެ ގިނައިން ހުށައަޅައިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވި އޭޕްރީލް މަހު 199 ވައްކަމުގެ މައްސަލައެއް ހުށައަޅައިފައިވާއިރު ޓްރެފިކް އެކްސިޑެންޓް ތަކުގެ 170 މައްސަލައެއް ވަނީ ހުށައަޅައިފައެވެ. މީގެއިތުރުން މަސްތުވާތަކެތީގެ 151 މައްސަލައެއް ވަނީ ހުށައަޅައިފައެވެ.

މީގެއިތުރުން އެހެނިހެން މައްސަލަތައްވެސް ހުށައެޅިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ: 

  • އެއްޗެހި ގެއްލިގެން ހުށައަޅައިފައިވާ 71 މައްސަލަ
  • މީހުންނަށް ހަމަލާދިނުމުގެ 43 މައްސަލައެއް
  • ތަޅާފޮޅުމުގެ 33 މައްސަލައެއް
  • ޚިޔާނާތުގެ 11 މައްސަލައެއް
  • ފޭރުމުގެ 43 މައްސަލައެއް
  • ޖިންސީ ގޯނާކުރުމުގެ 20 މައްސަލައެއް
  • ގެވެށި އަނިޔާގެ 24 މައްސަލައެއް
  • ފްރައުޑްގެ 4 މައްސަލައެއް 

ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބު އެމަހެއް ނިމުމުން ފުލުހުން ދަނީ ހާމަކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS