Ads by Aqeeqa Maldives

ޚަބަރު

މަސްތުވާ ތަކެއްޗާއި އެކު ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއި އެކު ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި

މައްަސަލާގައި ހައްޔަރުކުރި ދެމީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 މޭ 2025، 12:36

01 މޭ 2025، 12:36

ހުޅުމާލެއިން މަސްތުވާ ތަކެއްޗާއި އެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނެފައިވަނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ 6:52 އެހައިކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވަމަށް ފަހުގައި ކަމަށެވެ. 

ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ، ޢަލީ ޢަބްދުﷲ (48އ) އާއި އުނިމާގެ / ދ. ކުޑަހުވަދޫ، އަމާނަތު ޖަލީލް (28އ) އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެމީހުން ހައްޔަރުކޮށް، މި ދެ މީހުންނާއި އެމީހުން ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ.

ދެ މީހުންގެ އަތުންނާއި އެޕާޓްމަންޓުން ޖުމްލަ 40,515 ދިވެހި ރުފިޔާ އާއި 136 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށާ މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS