Ads by Aqeeqa Maldives

ޚަބަރު

އުންމީދަކީ ކޮމިޝަނުގެ މަސައްކަތް "ފިސާރި އަވަހަށް" ނިންމުން:ޑރ. މުނައްވަރު

އުންމީދަކީ ކޮމިޝަނުގެ މަސައްކަތް "ފިސާރި އަވަހަށް" ނިންމުން:ޑރ. މުނައްވަރު

ރިޔާސީ ކޮމިޝަން ނޫސްވެރިންނާއި ބައްދަލުކުރެއްވުން ފޮޓޯ: ލައިވް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޭޕްރީލު 2025، 01:40

30 އޭޕްރީލު 2025، 01:40

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ މަސައްކަތް "ފިސާރި އަވަހަށް" ނިންމާލުމަށް އުންމީދުކުރާ ކަމަށް އެ ކޮމިޝަނުގެ އިސްވެރިޔާ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނުގެ މަސައްކަތް ފެށުނު ކަން އިޢުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ "ސެންޓިމެންޓަށް" ރިޢާޔަތްކޮށްގެން ކަމަށާއި، މިނިވަންކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

ޔުމްނުގެ ޢާއިލާއިން ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ޑރ. މުނައްވަރު ވިދާޅުވީ، ކުރިން ރާއްޖޭގައި އުފެއްދި މިފަދަ ކޮމިޝަންތަކުގެ މަސައްކަތާ މެދުވެސް ރައްޔިތުން ދެކެފައިވަނީ އެކި ގޮތްގޮތަށް ކަމަށާއި، އެހެންކަމުން ކޮމިޝަނަށް އޮތް އިތުބާރާ މެދު ދެކެވޭ ވާހަކަތަކާ މެދު އޭނާ ހައިރާންނުވާ ކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ، ޑރ.މުނައްވަރަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފެނިއްޖެނަމަ އެ ކޮމިޝަނުގައި ނުހުންނަވާނެ ކަމަށެވެ.

ކޮމިޝަނުގެ މަސައްކަތް ކުރިއަށްދާނެ ގޮތާ ބެހޭގޮތުން ޑރ. މުނައްވަރު ވިދާޅުވީ، އެ ކޮމިޝަނުން ފުލުހުންގެ ތަޙުޤީޤު ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. ބަންދުތެރޭގައިވިޔަސް މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި އުންމީދަކީ ވީހާއަވަހަކަށް މިމައްސަލަ އިންސާފުވެރިކަމާއި ނުފޫޒެއްނެތި ނިންމުންކަމުގައި ވަނީ ވިދާޅުވެފައެވެ.

މި ކޮމިޝަން އުފެއްދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. ކޮމިޝަނުގެ މަސައްކަތް ފެށުމާއެކު، މި މައްސަލައިގެ ޙަޤީޤަތް އަވަހަށް ހާމަވެ، ޢަދުލު އިންސާފު ޤާއިމުވާނެ ކަމަށް ގިނަ ފަރާތްތަކުން އުންމީދުކުރެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS