Ads by Aqeeqa Maldives

ޚަބަރު

ކޮމިޝަންގެ މަސައްކަތް ނުފޫޒެއް ނެތި މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން ދެއްވައިފި

ކޮމިޝަންގެ މަސައްކަތް ނުފޫޒެއް ނެތި މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން ދެއްވައިފި

ރިޔާސީ ކޮމިޝަން ނޫސްވެރިންނާއި ބައްދަލުކުރެއްވުން ފޮޓޯ: ލައިވް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޭޕްރީލު 2025، 01:25

30 އޭޕްރީލު 2025، 01:25

މާލޭގައި ފުރާޅު މައްޗަށް ވެއްޓުނު ޒުވާން އަންހެން ކުއްޖެއްގެ މައްސަލަ ތަޙްޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު  އުފެއްދެވި ޚާއްސަ ކޮމިޝަނުން، އެއްވެސް ފަރާތެއްގެ ނުފޫޒަކާ ނުލައި މިނިވަންކަމާއެކު މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދީފިއެވެ.

މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާން އަންހެން ކުއްޖެއްގެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ޚާއްސަ ކޮމިޝަނުން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރިޔާސީ ކޮމިޝަނުގެ މަސައްކަތް "ފިސާރި އަވަހަށް" ނިންމާލުމަށް އުންމީދުކުރާ ކަމަށް އެ ކޮމިޝަނުގެ އިސްވެރިޔާ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނުގެ މަސައްކަތް ފެށުނު ކަން އިޢުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ "ސެންޓިމެންޓަށް" ރިޢާޔަތްކޮށްގެން ކަމަށާއި، މިނިވަންކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

ޔުމްނުގެ ޢާއިލާއިން ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ޑރ. މުނައްވަރު ވިދާޅުވީ، ކުރިން ރާއްޖޭގައި އުފެއްދި މިފަދަ ކޮމިޝަންތަކުގެ މަސައްކަތާ މެދުވެސް ރައްޔިތުން ދެކެފައިވަނީ އެކި ގޮތްގޮތަށް ކަމަށާއި، އެހެންކަމުން ކޮމިޝަނަށް އޮތް އިތުބާރާ މެދު ދެކެވޭ ވާހަކަތަކާ މެދު އޭނާ ހައިރާންނުވާ ކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ،  ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފެނިއްޖެނަމަ އެ ކޮމިޝަނުގައި ނުހުންނަވާނެ ކަމަށެވެ.

ކޮމިޝަނުގެ މަސައްކަތް ކުރިއަށްދާނެ ގޮތާ ބެހޭގޮތުން ޑރ. މުނައްވަރު ވިދާޅުވީ، އެ ކޮމިޝަނުން ފުލުހުންގެ ތަޙުޤީޤު ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މި ކޮމިޝަން އުފެއްދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. ކޮމިޝަނުގެ މަސައްކަތް ފެށުމާއެކު، މި މައްސަލައިގެ ޙަޤީޤަތް އަވަހަށް ހާމަވެ، ޢަދުލު އިންސާފު ޤާއިމުވާނެ ކަމަށް ގިނަ ފަރާތްތަކުން އުންމީދުކުރެއެވެ.
                    


މި ލިޔުން ކިޔާލުމުން

Ads by MSS