Ads by Aqeeqa Maldives

ޚަބަރު

ރައީސް މުޢިއްޒު މެލޭޝިއާގެ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް މުޢިއްޒު މެލޭޝިއާގެ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޭޕްރީލު 2025، 10:06

30 އޭޕްރީލު 2025، 10:06

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދަޢުވަތަކަށް އެ ޤައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި މަހުގެ 27 ވަނަ ދުވަހު ފެށުނު މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެން ދިޔައެވެ.

މެލޭޝިއާއަށް ވަޑައިގަތުމުން ރައީސް މުޢިއްޒަށް އެ ޤައުމުން ޙޫނު މަރުޙަބާއެއް ދެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމާއި އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ޞިއްޙީ، ކުޅިވަރު، ތަޢުލީމު އަދި ޑިޕްލޮމެޓުން ތަމްރީނުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް 4 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

ދަތުރުފުޅުގެ ތެރޭގައި ރާއްޖެ-މެލޭޝިއާ އިންވެސްޓްމަންޓް ފޯރަމްވެސް ބޭއްވުނެވެ. މި ފޯރަމްގައި ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވުނެވެ. މީގެ އިތުރުން ރައީސް މުޢިއްޒު މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެ ޤައުމުގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓް ހެއްދޭނެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރެއްވިއެވެ.

ދަތުރުފުޅުގެ ތެރޭގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން ރައީސް މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވިއެވެ. އަދި މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށާއި ޓްވިން ޓަވަރަށްވެސް ރައީސް ޒިޔާރަތްކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒާއެކު ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS