Ads by Aqeeqa Maldives

ޚަބަރު

އައިއައިޔޫއެމުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވުމުން ރައީސުލްޖުމްހޫރިއްޔާ އެ ޔުނިވަރސިޓީއަށް ޝުކުރު އަދާކުރައްވައިފި

އައިއައިޔޫއެމުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވުމުން ރައީސުލްޖުމްހޫރިއްޔާ އެ ޔުނިވަރސިޓީއަށް ޝުކުރު އަދާކުރައްވައިފި

އައިއައިޔޫއެމުން އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުން/ފޮޓޯ: ރައީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޭޕްރީލު 2025، 10:14

29 އޭޕްރީލު 2025، 10:14

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޔުނިވަރސިޓީއަށް ޝުކުރު އަދާކުރައްވައިފިއެވެ.

އައިއައިޔޫއެމުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް"ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީ އަރުވާފައެވެ. ރައީސް ޑރ. މުޢިއްޒަކީ މެލޭޝިޔާގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ދިވެއްސެވެ. އަދި އެމަނިކުފާނަކީ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ޔުނިވަރސިޓީއަކުން ލިބިވަޑައިގެންނެވި ފުރަތަމަ ރައީސެވެ.

މިކަމާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މި ޑިގްރީ އެރުވުމަކީ ލިބިވަޑައިގެންނެވި ނުހަނު ބޮޑު ޝަރަފަކާއި ފަޚުރެއްކަން ފާހަގަކުރައްވާފައެވެ. އަދި އޮނަރަރީ ޑޮކްޓަރޭޓް އެރުވިކަމަށްޓަކައި އައިއައިޔޫއެމްގެ ދުސްތޫރީ ވެރިޔާގެ ހައިސިއްޔަތުން ތެންގްކޫ އަމްޕުއަން، ތުންކޫ ޢަޒީޒާ ޢަމީނާ މައިމޫނާ އިސްކަންދަރިއްޔާއަށާއި، އެޔުނިވަރސިޓީއަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައިއައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޞޫއަށް ތަޤުރީރުކުރެއްވުމަށް ލިބިލެއްވި ފުރުޞަތަކީ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި ރައީސް ވަނީ މު ފުރުޞަތު ދެއްވެކަމަށްޓަކައި އައިއައިޔޫއެމް އަށް ޝުކުރު ދަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS