ވިޔަފާރި / ޚަބަރު

ދުބާއީގެ މަގުތަކުގައި ރާއްޖެ އިސްތިހާރުކުރަން ފަށައިފި

ދުބާއީގެ މަގުތަކުގައި ރާއްޖެ އިސްތިހާރުކުރަން ފަށައިފި

ދުބާއީގެ މަގުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން ފެށުން ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 އޭޕްރީލު 2025، 04:29

29 އޭޕްރީލު 2025، 04:29

ދުބާއީގެ މަގުތަކުގައި ރާއްޖެ އިސްތިހާރުކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށައިފިއެވެ. ދުނިޔޭގެ ހުރިހާ ބިތަކުން މީހުން ދަތުރުކުރާ ދުބާއީގައި ކުރިޔަށްގެންދާ މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗަރ ސަރަހައްދުގައި، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމްއެވެ.

މި ކެމްޕެއިން މެދުވެރިކޮށް، ދުބާއީގެ މަގުތަކުގައި ދުއްވާ 200 ޓެކްސީގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ޙާއްސަ ރެޕިންއެއް ބޭނުންކޮށްފައިވެއެވެ. މި ޓެކްސީތަކުގައި ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ފެނިގެންދެއެވެ. މީގެ އިތުރުން ލިވަޕޫލްއާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން، ޓެކްސީ ތަކުގައި ލިވަޕޫލް ކޯބްރޭނޑިންވެސް ފެނިގެންދާނެއެވެ.

ދުބާއީގައި މިހާރު ކުރިޔަށްދާ އެރޭބިއަން ޓްރެވަލް މާކެޓާއި ގުޅިވައިގެން ކުރިޔަށްގެންދާ މި ކެމްޕެއިން އެއް މަސްދުވަހުގެ މުއްދަތަށް ދެމިގެންދާނެކަމަށް މޯލްޑިވްސް މާކެޓިންގް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީއިން ހާމަކުރެއެވެ. އެގޮތުން މެދުއިރުމަތި އަދި އެކުވެރި އަރަބި އިމާރާތުގައި މި ކެމްޕެއިންގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެކަމަށް ގަބޫލުކުރެވޭކަމަށް އެމްއެމްޕީއާރްސީން ހާމަކުރެއެވެ.

މި ކެމްޕެއިން އަރައިބިއަން ޓްރެވެލް މާކެޓް ތެރެއިން އިފްތިތާހްކޮށްފައިވާއިރު، އެ ޓްރެވެލް މާކެޓުގައި ދުނިޔޭގެ 160 އަށް ޤައުމަކުން 46،000 ވުރެ ގިނަ މަންދޫބުން ދަނީ ބައިވެރިވަމުންނެވެ. އަދި މި ފެއަރއަށް އެކަނިވެސް 90،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާއިރު، މިއީ ރާއްޖެ ޕްރޮމޯޓް ކުރަން ލިބޭ މުހިންމު ފުރުސަތެކެވެ.

މިފަދަ ކެމްޕެއިނެއް މީގެ ކުރިން ޖަރުމަންވިލާތާއި އިނގިރޭސި ވިލާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްއެމްޕީއާރްސީން ވަނީ މީގެ ކުރިން ކުރިއަށް ގެންދިޔަ މިފަދަ ކެމްޕެއިންތައްވެސް ކާމިޔާބުކަން ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS