Ads by Aqeeqa Maldives

ޚަބަރު

ވޭޕް އަތުގައި ހުއްޓަސް ޖޫރިމަނާ ކުރެވޭގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ވޭޕް އަތުގައި ހުއްޓަސް ޖޫރިމަނާ ކުރެވޭގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޭޕްރީލު 2025، 12:37

29 އޭޕްރީލު 2025، 12:37

ވޭޕް އަތުގައި ހުއްޓަސް ޖޫރިމަނާ ކުރެވޭގޮތަށް ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފެވެ.

މި އިސްލާހުގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރޭގައި، އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ގެންގުޅުމާއި ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ. މީގެ ކުރިން ގާނޫނުގައި ވޭޕް އަތުގައި ބެހެއްޓުން މަނާކަމަށް ސާފުކޮށް ބަޔާންކޮށްފައި ނެތުމުން، މިކަމާ ގުޅޭގޮތުން ގާނޫނީ ބަހުސްތަކެއް އުފެދިފައިވެއެވެ.

އިސްލާހުގައި އިތުރު މުހިންމު ނުކުތާތަކެއްވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި 1 ޖެނުއަރީ 2007 ގައި ނުވަތަ އޭގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލުކުރުން މަނާކުރުން ހިމެނެއެވެ.

މީގެއިތުރުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެހި އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމާ ގުޅޭ ޖޫރިމަނާތައްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، މިފަދަ އާލާތްތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، ވިއްކުމުން 20,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، އަދި ބޭނުންކުރުމުން 5,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS