Ads by Aqeeqa Maldives

ޚަބަރު

ކުނި މެނޭޖް ކުރުމުގެ ތަމްރީނު ހޯދުމަށް 13 ރަށެއްގެ މުވައްޒިފުން އިންޑިއާއަށް

ކުނި މެނޭޖް ކުރުމުގެ ތަމްރީނު ހޯދުމަށް 13 ރަށެއްގެ މުވައްޒިފުން އިންޑިއާއަށް

ކުނިމެނޭޖްކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޭޕްރީލު 2025، 11:15

29 އޭޕްރީލު 2025، 11:15

ކުނި މެނޭޖް ކުރުމުގެ ތަމްރީނު ހޯދުމަށް ރާއްޖޭގެ 13 ރަށެއްގެ 14 ކައުންސިލް މުވައްޒަފަކު އިންޑިއާއަށް ފުރައިފިއެވެ. 

މިއީ ޒޯން 2، 4 އަދި 5 ގެ ރަށްތަކުން ބައިވެރިވާ މުވައްޒަފުންނެވެ.

މިއީ 4 ދުވަހުގެ ޕްރޮގްރާމެެއް ކަމަށް ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މިގޮތުން މިއަދުން ފެށިގެން މެއި ދޭއްގެ ނިޔަަލަށް މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިންޑިއާގެ އައިސީޑަބްލިއުއެމްއާރު، ޓީއީއާރްއައި ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގައެވެ.

މި ތަމްރީނުން ބައިވެރިންގެ ކުނި މެނޭޖްކުރުމުގެ ހުނަރު އިތުރުވެ، އެ ފަރާތްތަކުގެ ރަށްތަކުގައި ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS