Ads by Aqeeqa Maldives

ޚަބަރު

ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި

ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި

ކ.ތިލަފުށި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޭޕްރީލު 2025، 10:15

29 އޭޕްރީލު 2025، 10:15

ކ.ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނުން އިޢުލާނުކޮށްފިއެވެ. 

އެކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެކޯޕަރޭޝަނުގެ ދަށުގައި އޮންނަ ކ.ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށެވެ. އެގޮޮތުން މިފެށޭ މެއިމަހުގެ 22 ވަނަ ދުވަހުގެ 14:00ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށާއި ޕްރޮޕޯސަލް އާއިއެކު ބިޑް ސެކިޔުރިޓީ ހުށައެޅުމަށްވެސް ބުނެފައިވެއެވެ.

ޕްރޯޕޯސަލްތައް ހުށައެޅުމުގެ ކުރިން ބައްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މެއި 4ވަނަ ދުވަހުގެ 14:00ގައި ޒޫމް މެދުވެރިކޮށް އޮންނާނެއެވެ. 

ޕްރޮޕޯސަލް ހުށައަޅަންޖެހެނީ އެޗްޑީސީ އޮފީހުގެ ގްރައުންޑް ފްލޯގައި ހުންނަ އެކްޒިބިޝަން ސެންޓަރަށެވެ. މިކަމާއިބެހޭ އިތުރުމައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS