Ads by Aqeeqa Maldives

ޚަބަރު

ނަމާދަށް މަތިވެރިކުރުން ޕްރޮގުރާމް: މިއަހަރު މިހާތަނަށް 170 ސެޝަން ބާއްވައިފި

ނަމާދަށް މަތިވެރިކުރުން ޕްރޮގުރާމް: މިއަހަރު މިހާތަނަށް 170 ސެޝަން ބާއްވައިފި

ޝައިޙް އާޒިމް ޚާލިދު މިސްކިތުގައި ނަމާދަށް މަތިވެރިކުރުން ސެޝަނެއް ގެންދަނީ. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޭޕްރީލު 2025، 09:35

29 އޭޕްރީލު 2025، 09:35

ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމަށް އިސްކަންދީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ފެށި 'ނަމާދު މަތިވެރިކުރުން' ޕްރޮގުރާމުގެ 170 ސެޝަން ބާއްވައިފި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރައިން ބުނެފައިވަނީ މި ސެޝަންތައް ބާއްވާފައިވަނީ މާލެއާއި ރާއްޖޭގެ އެކި ރަށްތަކުގައިކަމަށެވެ. އެގޮތުން މާލޭގައި ސަރަހައްދުގައި 60 ސެޝަން ބާއްވާފައިވާއިރު، ހއ. ހޯރަފުށީގައި 8 ސެޝަން، ހއ. ކެލާގައި 16 ސެޝަން، ހދ. ކުޅުދުއްފުށީގައި 18 ސެޝަން، ހދ. ވައިކަރަދޫގައި 6 ސެޝަން، ޅ. ނައިފަރުގައި 15 ސެޝަން، ވ. ކެޔޮދޫގައި 33 ސެޝަން، މ. ކޮޅުފުށީގައި 14 ސެޝަން ވަނީ ބާއްވާފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ސެޝަންތަކުގައި 851 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ.

މި ސެޝަންތައް ނަންގަވައިދެއްވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS