Ads by Aqeeqa Maldives

ޚަބަރު

"ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

"ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

"ބްރިލިއަންޓް ކެރިއަރ" ދޯނި/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޭޕްރީލު 2025، 12:13

29 އޭޕްރީލު 2025، 12:13

"ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭ ގޮތުގައި، މި ދޯންޏަކީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުންއައި ދޯންޏެކެވެ. އަދި މި ދޯނީގައި ޖުމްލަ 5 މީހުން ތިބިކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 3 ދިވެހިންނާއި 2 ބިދޭސީންނެވެ. 

މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި ކަމަށެވެ. އަދި އެއިރު ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށް ކެޕްޓަން ވިދާޅުވެފައިވާކަމަށް ފުލުހުން މަޢުލޫމަތުދެއެވެ. ނަމަވެސް، އޭގެ ފަހުން ދޯނީގެ އެއްވެސް މީހަކާއި ގުޅިފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި މަޢުލޫމާތު އެމް.އެން.ޑީ.އެފް ގެ ސަދަން ރީޖަން ކޮމާންޑަށް ފޯރުކޮށްދިނުމާއެކު، ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގަވައިދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS