ޚަބަރު
ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް އެ ސަރަޙައްދު ޢާންމު ޙާލަތަށް ގެނެސްފި

ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް އެ ސަރަޙައްދު ޢާންމު ޙާލަތަށް ގެނައުން/ފޮޓޯ: އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް އެ ސަރަޙައްދު ޢާންމު ޙާލަތަށް ގެނެސްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރަސްފަންނު ސަރަޙައްދުގެ މޫދަށް ކަޅުތެޔޮ އެޅިފައިވާތީ، އެ ސަރަޙައްދުގެ މޫދަށް ނޭރުމަށާއި އެއްވެސް ހަރަކާތެއް ނުހިންގުމަށް މިއަދު ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން މިއަދު ހާމަކޮށްފައެވެ. ނަމަވެސް، މި މަސައްކަތް ނިމޭނެ ވަކި މުއްދަތެއް އޭރު ފުލުހުން ހާމައެއް ނުކުރެއެވެ. މިކަމާއި ގުޅިގެން، އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސަރަޙައްދު މިހާރު ޢާންމުންނަށް ބޭނުންކުރެވޭނެހެން ސާފުކޮށް، މިއަދު ހަވީރު ޢާންމު ޙާލަތަށް ގެނެސްފައިވާ ކަމަށެވެ.
ރަސްފަންނަކީ މާލޭގެ އުތުރު ފަރާތުގައި އޮންނަ، ގިނަ އަދަދެއްގެ ރައްޔިތުން މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. މި ސަރަހައްދުގެ މޫދަށް ތެޔޮ އެޅުމުގެ ސަބަބުން ތިމާވެށްޓަށާއި މޫދުގެ ދިރުންތަކަށް ލިބިދާނެ ގެއްލުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.