Ads by Ministry of Arts, Culture and Heritage

ޚަބަރު

އެނިމަލް ވެލްފެއަރ މަޝްރޫޢުތަކުގައި މަސައްކަތްކުރާނެ ޖަމިއްޔާތައް ހޯދަން އިޢުލާންކޮށްފި

އެނިމަލް ވެލްފެއަރ މަޝްރޫޢުތަކުގައި މަސައްކަތްކުރާނެ ޖަމިއްޔާތައް ހޯދަން އިޢުލާންކޮށްފި

ބުޅަލަކަށް ފަރުވާދެނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2025، 03:01

28 އޭޕްރީލު 2025، 03:01

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އެނިމަލް ވެލްފެއަރ ޑިޕާޓްމަންޓުން ކުރިއަށްގެންދާ މަޝްރޫޢުތަކުގައި އެ ވުޒާރާއާ ގުޅިގެން މަސައްކަތްކުރުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތަށް ކުރިމަތިލާ ޖަމްޢިއްޔާތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓަރީ ކޮޕީއާއި، ޕްރޮފައިލް، ހިންގާ ޤަވާޢިދު އަދި ހިންގާ ކޮމިޓީގެ މެންބަރުންގެ މަޢުލޫމާތު ހިމެނެއެވެ. މީގެއިތުރުން، ބައިނަލްއަޤުވާމީ ރެކޮގްނިޝަނެއް އޮތްނަމަ އެ ލިޔުމާއި، މީގެކުރިން މި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލުވެސް ހުށަހަޅަންޖެހެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވެލާނާގޭ 7 ވަނަ ފަންގިފިލާގައި ހުންނަ އެ ވުޒާރާގެ ކައުންޓަރަށް ނުވަތަ [email protected] އަށް ލިޔެކިޔުންތައް ހުށަހެޅުމަށް ވުޒާރާއިން އަންގާފައިވެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3339288 ނަންބަރާ ގުޅުމަށް ވުޒާރާއިން އަންގާފައިވެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450