Ads by Aqeeqa Maldives

ޚަބަރު

ކުރީގެ ސީޕީ ޝުޖާއު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި

ކުރީގެ ސީޕީ ޝުޖާއު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި

ކުރީގެ ސީޕީ ޝުޖާޢު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2025، 02:53

28 އޭޕްރީލު 2025، 02:53

މި ސަރުކާރުގެ ފުރަތަމަ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރެއްވި އަލީ ޝުޖާއު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފިއެވެ.

ޝުޖާއު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާގެ އިސްތިއުފާ ދެއްވައިފައިވަނީ، މި މަހުގެ 18 ވަނަ ދުވަހު އަންހެން ކުއްޖަކު އިމާރާތަކުން ވެއްޓުނު މައްސަލަ އާންމުންގެ މެދުގައި ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ކުރީގެ ސީޕީ ޝުޖާއު ފުލުހުންހެ ޚިދުމަތުން ރިޓަޔަރ ކުރެއްވިކަން ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ކަަށަވަރުކޮށްދީފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޝުޖާއު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭރު އޭނާ ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.

ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ޝުޖާއު ވަނީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ.

މީގެއިތުރުން، ޝުޖާއު އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގްރެޖުއޭޓެއްވެސް މެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS