Ads by Aqeeqa Maldives

ޚަބަރު

ރާއްޖޭގެ ފުރަތަމަ މެޑިކޯ ލީގަލް ކޮންފަރެންސް ފަށައިފި

ރާއްޖޭގެ ފުރަތަމަ މެޑިކޯ ލީގަލް ކޮންފަރެންސް ފަށައިފި

ފުރަތަމަ މެޑިކޯ ލީގަލް ކޮންފަރެންސްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2025، 01:37

28 އޭޕްރީލު 2025، 01:37

ހުލާސާ


ރާއްޖޭގެ ފުރަތަމަ މެޑިކޯ ލީގަލް ކޮންފަރެންސް ފަށައިފިއެވެ. 

މިކޮންފަރެންސަކީ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ މެޑިކަލް ކޮންފަރެންސްއެވެ. މިކޮންފަރެންސްގައި ރާއްޖެ ހިމެނޭހެން 8 ޤައުމަކުންވަނީ ދިރާސީ ކަރުދާސް ހުށައަޅާފައެވެ.ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ އިސްނެގުމުގެ މަތިން، ކުރިއަށްގެންދާ "މެޑިކޯ ލީގަލް" ކޮންފަރެންސަކީ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޤާނޫނީ ދާއިރާގެ ބައިވެރިވުމާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ މެޑިކަލް ކޮންފަރެންސެވެ.

މިކޮންފަރެންސަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު ވަރުގަދަކޮށް ތަރައްޤީކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެ ގޮތުގައި އެމްއެންޔޫއިން އެމްއެެންޔޫއިން ވަނީ ފާހަގަކޮށްފައެވެ.3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހް މާހިރެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑރ. ޝާހް މާހިރު ވަނީ ޞިއްޙީ ނިޒާމުގައި ޤާނޫނީގޮތުން މިވަގުތު ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ.އެގޮތުން ހޮސްޕިޓަލުތަކުގައި އިހުމާލުގެ ސަބަބުން ހިނގާ އެކިއެކި ކަންކަމުގައި ބަލި މީހާއާއި ސިއްޙީ އެހީތެރިންނަށް ލިބޭ ގެއްލުމާއި ހުށައެޅިގެންދާ ނުރައްކަލުން ރައްކާތެރިކުރުމަށް، އެފަރާތްތަކަށް ލިބިދޭ ޤާނޫނީ ރައްކާތެރިކަމާއި ބެހޭގޮތުން ވާހަކަ ނުދެކެވޭކަން ފާހަގަކުރެއްވިއެވެ.

 ރާއްޖޭގެ ފުރަތަމަ މެޑިކޯ ލީގަލް ކޮންފަރެންސްގައި ރާއްޖެ ހިމެނޭހެން 8 ޤައުމަކުން 51 ދިރާސީ ކަރުދާސްވަނީ ހުށައަޅާފައިކަމަށް މެޑިކަލް ކޮލެޖުން ބުނެއެވެ. އެގޮތުން އިންޑިއާ، ނޭޕާލް، ސަޢުދީ ޢަރަބިއްޔާ، އިންޑޮނޭޝިޔާ، އަދި ރޮމޭނިޔާގެ އިތުރުން އަލްޖީރިއާއާއި ސްކޮޓްލޭންޑުންވަނީ ދިރާސާ ކަރުދާސްތައް ހުށައަޅާފައެވެ. 

އޭގެތެރޭގައި އިންޑިއާއާއި ނޭޕާލްއާއި، ބަންގްލަދޭޝްއާއި، އިންޑޮނޭޝިޔާއާއި ރޮމޭނިޔާއާއޮ، މިޔަންމާގެ އިތުރުން އަލްޖީރިއާ ހިމެނެއެވެ. މިކޮންފަރެންސްގައ ިޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންގެ ކީނޯޓް ސްޕީކަރުންނާއި ޕްރެޒެންޓޭޝަން ހުށައެޅުންތައް ހުންނާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނެފައިވަނީ ކޮންފަރެންސްގެ އެންމެ ފަހު ދުވަސް ޚާއްސަކުރެވިގެން ދާނީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއަށް ހުށައެޅިފައިތިބޭ ކުދިން ދެނެގަންނާނެގޮތައި، އެފަދަ ޙާލަތުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމުގެ ތަޖުރިބާކާރުން، ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށް ވޯކްޝޮޕެއް ކުރިއަށްގެންދިޔުމަށް ކަމަށެވެ. 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS