Ads by Aqeeqa Maldives

ޚަބަރު

މަޝްވަރާ ކުރެވުނު ކަންކަން ފުރިހަމައަށް ތަންފީޒުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

މަޝްވަރާ ކުރެވުނު ކަންކަން ފުރިހަމައަށް ތަންފީޒުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

ރައީސް ޑރ މުޢިއްޒު އަދި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2025، 12:34

28 އޭޕްރީލު 2025، 12:34

ދެޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަންކަން ފުރިހަމައަށް ތަންފީޒުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. 

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އަންވަރު ވިދާޅުވެފަވަނީ ވިޔަފާރިއާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާޢީ ދާއިރާއާއި، ޒުވާނުންނާއި ކުޅިވަރާއި، އިސްލާމީ ބޭންކިންގއާއި، ހަލާލު އިންޑަސްޓްރީއާއި، އެންޓި ކޮރަޕްޝަންއާއި، ޑިޖިޓަލް ޓެކްއާއި، ސޯލާ އެނާޖީއާއި، އެއައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ރާއްޖޭގެ ރައީސް ޑރ މުއިއްޒާއި ދެބޭފުޅުން މަޝްވަރާކުރައްވައިފައިވާކަމަށެވެ.

އަދި މިޔަންމާއާއި، ޣައްޒާއާއި، އެމެރިކާގެ ޓެރިފްތަކުގެ ޙާލަތު ހިމެނޭ ގޮތަށް، ސަރަޙައްދީ މައްސަލަތަކާއި މެދުވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އަދި މި ބައްދަލުވުމަށްފަހު، ޑިޕްލޮމެޓިކް ޓްރޭނިންގ އާއި ބައިލެޓަރަލް ކޮންސަލްޓޭޝަންސްގެ އެކްސްޗޭންޖް އޮފް ނޯޓްސް އާއި އެކު، ޓޫރިޒަމް، ސްޕޯޓްސް، އަދި ހެލްތްކެއާގެ ތިން އެމްއޯޔޫއެއްގައި ސޮއިކުރެވިގެންދިޔަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

 މީގެއިތުރުން އަނަވަރު ވިދާޅުވެފައިވަނީ މަޝްވަރާކުރެވުނު ކަންކަން މިނިސްޓްރީތަކާއި އެޖެންސީތަކުގެ ފެންވަރުގައި ފުރިހަމައަށް ތަންފީޒު ކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS