Ads by Aqeeqa Maldives

ޚަބަރު

ވިނަރެސްއިން ޚަބަރު ހުސްވެފައި އޮތް އަންހެނެއް ފެނިއްޖެ، ފުލުހުން މައްސަލަ ބަލަނީ

ވިނަރެސްއިން ޚަބަރު ހުސްވެފައި އޮތް އަންހެނެއް ފެނިއްޖެ، ފުލުހުން މައްސަލަ ބަލަނީ

ވިނަރެސް ފްލެޓް ސަރަހައްދު. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2025، 10:39

28 އޭޕްރީލު 2025، 10:39

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތަކުގެ އެޕާޓްމެންޓެއްގެ ތެރެއިން ޚަބަރު ހުސްވެފައި އޮތް އަންހެނެއް ފެނިގެން މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނެފައުވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯއަޑުއިވޭކަމަށް 28 އޭޕްރީލް 2025ގެ ހެނދުނުގެ 06:05 އެހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން އެތަނަށް ސީން އަށް އެޓެންޑުވެފައިވާ ކަމަށެވެ.

އަދި ފުލުހުން ގަދަކަމުން އެޕާޓްމެންޓުގެ ދޮރު ހުޅުވައި ބެލިއިރު ޚަބަރު ހުސްވެފައިއޮތް އަންހެނަކު ފެނިފައިވާކަމަށެވެ. މީގެއިތުރުން އެއަންހެންމީހާ އަކީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެއަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލަ އިތުރަށް ތަހުޤީޤުކުރަމުންދާ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS