Ads by Aqeeqa Maldives

ޚަބަރު

މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެވިއްޖެ

މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެވިއްޖެ

ރައީސް ޑރ މުޢިއްޒާއި ބޮޑުވަޒީރު އަންވަރު. ފޮޓޯ:ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2025، 09:52

28 އޭޕްރީލު 2025، 09:52

މެލޭޝިޔާއާއި ދިވެހިރާއްޖެއާއި ދެމެދު މުހިންމު ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެވިއްޖެއެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުުރުފުޅުގައެވެ. 

މިއެއްބަސްވުންތަކުގައި ސޮއިކުރެވުމުގެ ކުރިން ރައީސް މުޢިއްޒާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ގުޅިފައިވާ ބަޔާނެެއްދެއްވައިފައެވެ. 

މި ބަޔާނުގައި ދެބޭފުޅުންވެސް ވަނީ އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެއްވުމާއި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރެއްވިއެވެ.މި ބަޔާނުގައި ދެބޭފުޅުން ވަނީ ފަލަސްތީނުގެ މައްސަލާގައިވެސް ދެޤައުމުގެ ޚިޔާލު އެއްގޮތްކަން ފާހަގަކުރައްވައި އެކުގައި މަސައްކަތްކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި ރައީސް މުޢިއްޒު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ.އޭގެފަހުން ދެ ލީޑަރުންވަނީ ޖޮއިންޓް ސްޓޭޓްމަންޓު ބަދަލުކުރައްވާފައެވެ. 

މިއަދު ވަނީ މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު ފަސްދާއިރާއަކުން އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. އެދާއިރާތަކަކީ:-

1- ކުޅިވަރުގެ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުންދިނުން.މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ހަނާން ޔިއޯހްއެވެ

2- ޞިއްޙީ ދާއިރާއިން އެއްބާރުލުންދިނުން. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޒުލްކެފްލީ އަޙްމަދުއެވެ.

3- ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދިނުން. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޚައިރުލް ފިރުދައުސްއެވެ.

4- ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުން (ޑިޕްލޮމޭޓުން ތަމްރީންކުރުން)މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މުޙައްމަދު އަލާމިންއެވެ.

ރައީސް ޑރ މުއިއްޒު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ބައެއް އެހެނިހެން އިސްވެރިންވެސް ބައިވެރިވެވަޑައިގަންވަނައެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by MSS