Ads by Aqeeqa Maldives

ޚަބަރު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން އިޢުލާންކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން އިޢުލާންކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދާ މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޭޕްރީލު 2025، 07:18

27 އޭޕްރީލު 2025، 07:18

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހަކީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހެކެވެ. އެހެންކަމުން އެ ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އެމީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިކަމަށް، ފުލުހުން ހާމަކޮށްފައިވެއެވެ.

މި އަމުރާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދަމުންދަނީ އުމުރުން 43 އަހަރުގެ އަޙްމަދު ޝާފިޢީ، މއ. އަދުންކޮށީގެ / މާލެ އެވެ.

މި މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ 2025 އޭޕްރީލް 18 ވަނަ ދުވަހުގެ 11:00 އަށެވެ. 

އެހެންކަމުން، މީނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS