Ads by Aqeeqa Maldives

ޚަބަރު

"ބިލްޑް އެކްސްޕޯ 2025" އަކީ މާލެ ސިޓީއާއި ވަރަށް ގުޅުންހުރި އެކްސްޕޯއެއް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވެއްޖެ

"ބިލްޑް އެކްސްޕޯ 2025" އަކީ މާލެ ސިޓީއާއި ވަރަށް ގުޅުންހުރި އެކްސްޕޯއެއް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވެއްޖެ

މިފަހަރުގެ އެކްސްޕޯގައި މާލެ ސިޓީ ކައުންސިލުން ޤާއިމްކުރި ސްޓޯލަށް މޭޔަރ ޒިޔާރަތްކުރުން/ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޭޕްރީލު 2025، 07:16

27 އޭޕްރީލު 2025، 07:16

ހުޅުމާލެ ސެންޓަރަލް ޕާކުގައި މިހާރު ކުރިއަށްދާ "ބިލްޑް އެކްސްޕޯ 2025" އަކީ، މާލެ ސިޓީއާއި ވަރަށް ގުޅުން ހުރި އެކްސްޕޯއެއް ކަމަށް މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މިފަހަރުގެ އެކްސްޕޯގައި މާލެ ސިޓީ ކައުންސިލުން ޤާއިމްކުރި ސްޓޯލަށް ޒިޔާރަތްކުރައްވާ ދެއްވި އިންޓަރވިއުއެއްގައި މޭޔަރ ވަނީ، މިއީ މިފަދަ އެކްސްޕޯއެއްގައި މާލެ ސިޓީން ބައިވެރިވި ފުރަތަމަަ ފަހަރުކަން ފާހަގަކުރައްވާފައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށްޓަކައި، މިފަދަ މުހިންމު ސްޓޯލްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ހަމަ އެހެންމެ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކަމާއި އެކު، މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ގުޅޭ ބައިން ދެމުން އަންނަ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެކަމަށް މޭޔަރ އާދަމް ޢާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މުހިންމު އެކްސްޕޯތަކުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވަމުންދާނެ ކަމަށެވެ. އަދި މިކަމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ރައްޔިތުންނާއި ވީހާ ވެސް ގާތުން ޚިދުމަތްތައް ދިނުމާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށްޓަކައި މަޢުލޫމާތު ސާފު ކޮށްދީ ކުރިއަށް އޮތްތަނުގައި އެ ފަދަ ދަތިތަކެއް ދިމާނުވާނެ ގޮތަކަށް ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރުން ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

ބިލްޑް އެކްސްޕޯއަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ، ރާއްޖޭގެ ވިޔަފާރިތަކާއި، ރާއްޖޭން ބޭރުގެ ވިޔަފާރި ކުންފުނިތަކުން ބައިވެރިވާ އެކްސްޕޯއެކެވެ.

މޭޔަރ ޢާޒިމް އަރިހުގައި މި އެކްސްޕޯ ބައްލަވާލެއްވުމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS