Ads by Aqeeqa Maldives

ޚަބަރު

ރ. އަަތޮޅު ރިސޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ބާއްވައިފި

ރ. އަަތޮޅު ރިސޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ބާއްވައިފި

ރ. އަަތޮޅު ރިސޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް. ފޮޓޯ:ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޭޕްރީލު 2025، 05:11

27 އޭޕްރީލު 2025، 05:11

ރ. އަަތޮޅު ރިސޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ބާއްވައިފިއެވެ.

މި ކޮންފަރެންސަކީ ރ. އަތޮޅު ޕޮލިހާއި ޖޯލި މޯލްޑިވްސް ރިސޯޓު ގުުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި އެޕްރީލް މަހުގެ 26 އިން 27 އަށް ޖޯލި މޯލްޑިވްސް ރިސޯޓުގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ފައްޓަވައި ދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާންއެވެ.

ރ. އަތޮޅުގައި ހިންގާ 17 ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުން މި ި ކަމަށް ޕްރޮގްރާމުގައި ބައިވެރިވިކަމަށް ފުލުހުން ބުނެފައިވެއެވެ. މިޕްރޮގްރާމުގައި މައުލޫމާތު ހިއްސާކޮށްފައިވަނީ ރިސޯޓް ސެކިއުރިޓީ އެންޑް ސޭފްޓީ ކަންކަން ހަރުދަނކުރުމުގެ ގޮންތުންނާއި ދިމާވާ އިމަޖެންސީ ހާލަތުގައި އަމަލުކުރާނެ ގޮތްތަކާއި ރިސޯޓުތަކުގައި އާއްމު ގޮތެއްގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ޕްރޮގްރާމްގައި މައުލޫމާތުދެއްވީ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓާއި ޓޫރިސްޓް ޕޮލިހާއި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސަވިސްއާއި ރ. އަތޮޅު ޕޮލިސް ފަރާތުންނެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS