Ads by Aqeeqa Maldives

ޚަބަރު

ރައީސް މުޢިއްޒު މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސް މުޢިއްޒު މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޭޕްރީލު 2025، 10:46

27 އޭޕްރީލު 2025، 10:46

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅެެއްގައި މިއަދު ފުރަވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ކުރައްވަވާ ދަތުުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓްގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. 

ރައީސްގެ އަރިހުގައި މެލޭޝިއާއަށް ވަޑައިގަންނަވާ ވަޒީރުންނަކީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލާއި، ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާއި، މާލީ ވަޒީރު މޫސާ ޒަމީރާއި، ދާޚިލީ ވަޒީރު އަލީ އިހުސާނާއި، ތައުލީމީ ވަޒީރު  ޑރ. އިސްމާއިލް ޝަފީއު އާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު  މުހައްމަދު ސައީދާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި ދަތުުރުފުޅަކީ  ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. ރައީސް މުއިއްޒަށް މެލޭޝިއާއިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ. އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަަންވަރު އިބްރާހިމެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވާނެއެވެ. އަދި އެއް ޤައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމާ ބެހޭ މަޝްވަރާތައް ކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ މެދުގައި ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނެ އިތުރު މަގުތައް ހޯދުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރައިން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީގައި ތަގުރީރު ކުރައްވާނެއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، ދަތިވާ ކަންކަން ދެނެގަތުމަށް ހާއްސަ ބައްދަލުކުރެއްވުމެއް ވެސް ބާއްވާނެ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS